ސަލްމާން އާއި އެކުގައި ސަމަންތާ

ސަލްމާން އާއި އެކުގައި ސަމަންތާ

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2023 09:52
0

ސްޕަސްޓާރު ސަލްމާން ހާން ގެ ކުރިއަށް އޮތް ފިލްމް އަށް ސައުތުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ސޮއި ކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާން ޚާން ސޮއިކޮށް، ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ފިލްމްއެކެވެ. މި ފިލްމް އަކީ ދަރްމާ އާއި އެކުގައި ސަލްމާން ކުރާ ފުރަތަމަ މަސައްކަތެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ސަލްމާނާ އެކީ ސަމަންތާ ކުޅޭ ފިލްމު ވާނީ އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ދަރުމާގެ 2021 ގެ ކާމިޔާބު ފިލްމު "ޝޭރުޝާ" ހެދި ޑައިރެކްޓަރު ވިޝްނޫވަރުދާން ޑައިރެކްޓްކުރާ ވަތަނީ ފިލްމެކެވެ.

މި ފިލްމް އިން ސަމަންތާ ފެނިގެން ގޮސްފި ނަމަ ވެގެން ދާނީ އޭނާގެ އަލަތު ފިލްމް އަށެވެ. ނަމަވެސް މީގެ ކުރިން ސަމަންތާ ވަނީ ބޮލީވޫޑްގެ ބައެއް ވެބްސީރީޒް ތަކުން ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ދަ ފެމިލީ މޭން" އާއި އެ ޕްލެޓްފޯމަށް އެ ސީރީޒްގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ގެނެސްދޭން ތައްޔާރުވަމުން އަންނަ "ސިޓަޑެލް އިންޑިއާ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.