ހުމާ ވާހަކަ ފޮތެއް ނެރެނީ

ހުމާ ވާހަކަ ފޮތެއް ނެރެނީ

Author
ފާތިމަތު ނާވީ
18 ސެޕްޓެމްބަރ 2023 07:56
0

ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ނުހޯދުނު ބަތަލާ ހުމާ ގުރައިޝީ ވާހަކަ ފޮތެއް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.

37 އަހަރުގެ ބަތަލާގެ ފުރަތަމަ ވާހަކަ ފޮތަކީ މި އަހަރުގެ ޑިސެމްބަރު މަހު ނެރެން ހަމަޖެހިފައިވާ ފެންޓަސީ ވާހަކަ "ޒޭބާ: އޭން އެކްސިޑެންޓަލް ސުޕަހީރޯ" އެވެ. ހުމާ ވަނީ މި ފޮތުގެ ކަވަރާއި އެކުގައި އިންސްޓަގްރާމްގައި އެކަން އިއުލާން ކޮށްފައިއެވެ.

ވާހަކައިގެ ބޭރުގަނޑުގެ ކަވަރާ އެކީ މީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ހޫމާ ބުނީ އޭނަގެ އަލަތު ވާހަކަ ކިޔުންތެރިންނަށް ގެނެސްދެނީ ޕަބްލިޝިން ހައުސް ހާޕާ ކޮލިންސް އާއި އަ ސުއިޓަލް އެޖެންސީއާ ގުޅިގެން ކަމަށެވެ.

 

View this post on Instagram

 

A post shared by Huma Qureshi (@iamhumaq)

"ގޭންގްސް އޮފް ވަސޭޕޫރް" އާއި "ބަދުލާޕޫރް" އާއި "ޖޯލީ އެލްއެލްބީ 2″ ފަދަ ފިލްމުތައް ކުޅެފައިވާ ހޫމާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ޒީ5 އިން ޕްރީމިއާކުރި ބައޮގްރަފިކަލް ޑްރާމާ "ތަރުލާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.