އެމްޑީޕީއަށް ނިސްބަތްވާ ފޮނަދޫ އެގްރޯނެޓްގެ އެކްޒެކެޓިވް، ނަޒީރުގެ ތާއީދު މުއިއްޒަށް!

އެމްޑީޕީއަށް ނިސްބަތްވާ ފޮނަދޫ އެގްރޯނެޓްގެ އެކްޒެކެޓިވް، ނަޒީރުގެ ތާއީދު މުއިއްޒަށް!

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2023 02:34
0

ލ.ފޮނަދޫ އެގްރޯނެޓް ކުންފުނީގެ އެކްޒެކެޓިވް، އެމްޑީޕީއަށް ނިސްބަތްވާ މޫސާ ނަޒީރުގެ ތާއީދު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.

ރިޔާސީ ކެމްޕޭންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ޕީޕީއެމް/ޕީއެންސީގެ ޓީމު ތަކުން ގެންދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ތާއީދާއިއެކުވެސް ރައްޔިތުން އިތުރު ތާއީދަށް އެދި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ގެންދަނީ އަތޮޅު ތެރޭގައި ކެމްޕޭން ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު އިސްކޮށް ހުންނަވައިގެން ލ.އަތޮޅުގައި ކުރަމުންދާ ކެމްޕޭގައި އެމްޑީޕީއާއި، ޑިމޮކްރެޓްސްއަށް ތާއީދު ކުރާ އިސް ފަރާތްތަކުން ދަނީ ޑރ. މުއިއްޒަށް ތާއީދު ކުރަމުންނެވެ. އެގޮން މިއަދު ފޮނަދޫ އެގްރޯނެޓް ކުންފުނީގެ އެކްޒެކެޓިވް މޫސާ ނަޒީރު ވަނީ ރައީސް ޞާލިހު ދޫކޮށް މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.

ރައްޔިތުން ބިރުފަހަނައަޅާ ހިނގައްޖެ. އެމްޑީޕީ ރޫޅެނީ. ލ.ފޮނަދޫ އެގްރޯނެޓް ކުންފުނީގެ އެކްޒެކެޓިވް މޫސާ ނަޒީރު، ޑރ.މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފި. ޝުކުރިއްޔާ.

– ޓޮމް ވިދާޅުވިއެވެ.

މޫސާ ނަޒީރު މުއިއްޒަށް ތާއީދު ކުރިއިރު، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާއި ގުޅުނު ލ.އަތޮޅު ކައުންސިލް ރައީސް އިސްމާއިލް ޢަލީގެ ތައީދުވެސް ޑރ. މުއިއްޒަށް އޮތްކަން ހާމަކޮށް ރޭވަނީ ފުރަތަމަ ފަހަރަށް ޕީޕީއެމް ޕޯޑިއަމެއްގައި ވާހަކަވެސް ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.