މަޝްވަރާތަކުން އެނގުނީ ކެމްޕޭންގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން، ގޮތް ނިންމީ ޤާސިމް!

މަޝްވަރާތަކުން އެނގުނީ ކެމްޕޭންގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން، ގޮތް ނިންމީ ޤާސިމް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ކުރެވުނު މަޝްވަރާތަކުގައިި ކެމްޕޭންގައި ޖޭޕީން ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ސާފުކޮށް އެނގުމުން އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ނިންމާނެ ގޮތަކާއި މެދު ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާތަކުގައި ބައެއް މެމްބަރުން ރައީސް ޞާލިހަށް ތާއީދު ކުރަން ހުށަހެޅިއިރު، ބައެއް މެމްބަރުން ވަނީ ޕީޕީއެމްއާއި އެކު ދިއުމަށް ނިންމާފައެވެ.

އަދި ބައެއް ބޭފުޅުން ވަނީ އިންތިޚާބުގައި އެއްވެސް ކޮޅަކަށް ނާރައި ތިބުމަށް ނިންމާފައެވެ. މެމްބަރުންގެ ވާހަކަތަކަށްފަހު ކައުންސިލްގައި ވަނީ ޖޭޕީގެ ނިންމުން ނިންމުމުގެ ބާރު ޤާސިމަށް ދިނުމަށް ވޯޓަކަށް އަހައި އެކަން އެގޮތަށް ޤާސިމަށް ދޫކޮށްލާފައެވެ. ޤާސިމް ވިދާޅުވީ ކޯލިޝަން ހެދުމަށް ދެޕާޓީއާއިއެކު ކުރެވުނު މަޝްވަރާތަކުން އެނގުނީ ކެމްޕޭންގައި ޖޭޕީން ދެއްކި ވާހަތަކަކީ ހަގީގަތެއް ކަމަށެވެ. އެކަންކަމަށް ބެލުމަށްފަހު އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގާސިމް ވަނީ ނިންމާފައެވެ.

ޤާސިމް މިނިންމުން ނިންމާފައިވަނީ ފާއިތުވެދިޔަ ތިން ދުވަހު އެމްޑީޕީއާއި ރައީސް ޞާލިހާއިއެކު ވަރަށް ދިގުކޮށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ރައީސާއިއެކު ކުރެވުނު މަޝްވަރާތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށާއި މިނިވަންކަމާއި ގުޅޭގޮތުން އޮތް ސުވާލުތަކުގެ ޖަވާބުތައް ޤާސިމް ހޯއްދަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޤާސިމްގެ މިނިންމުމާއިއެކު އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ފުރަތަމަ ބުރުގައި ވާދަކުރައްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަދި މިހާތަނަށް ތާއީދު ކުރަން ނިންމާފައި ނުވެއެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ހުށަހަޅާފައެވެ. މިހާރު އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސްއަކީ މި ޝަތުރު ގަބޫލު ކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *