ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަނުޖެއްސާ އޮތް ނަމަވެސް، ދެވަނަ ބުރުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، ރައީސް ޔަމީން ދެވަނަ ބުރުގައި ވޯޓު ލައްވާނެކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް ފޮނުވާފައެވެ. ޖަމީލް ވިދާޅުވީ ރައީސް ޔަމީނަށް ފުރަތަމަ ބުރުގައި ވޯޓުލެވޭނެ އިންތިޒާމު ކުރިން ހަމަ ނުޖެހި ހުރުމުން ވޯޓު ނުލެވުނީކަމަށެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސައި މިހާރު ވޯޓުލުމުގެ ކަންކަން ފުރިހަމަ ވެފައިވާކަމަށެވެ.
ރައީސް ޔާމީނުގެ ފަރާތުން ގައުމީ ދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް. ރައީސް ޔާމީން އުއްމީދުކުރެއްވީ ފުރަތަމަ ބުރުގަވެސް ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެކަމަށް. އެއިންތިޒާމް ހަމަ ނުޖެހުމުން ކުރިން ވޯޓު ނުލެވުނު ނަމަވެސް، ދެވަނަ ބުރުގެ ވޯޓް ލުމުގެ އިންތިޒާމް މިހާރު ވަނީ ފުރިމަ ކުރައްވާފަ. ޖަމީލް ވިދާޅުވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއިއެކު ޑރ. މުއިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. މިހާރުވެސް މުއިއްޒު ހުންނެވީ ކެމްޕޭންގައި އަތޮޅުތެރޭގައެވެ.