ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަކީ މުސްތަޚީއްލު ކަމެެއް ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ގާތް އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިިން ނިޒާމީ ވޯޓު ނެގުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ޑިމޮކްރެޓްސްގެ ޢާންމު މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް އެމްޑީޕީއާއިއެކު ކުރެވޭ މަޝްވަރާތަކުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް އަދި ނުލިބޭކަމަށެވެ. މިމަޝްވަރާތަކަކީ ދިގުކޮށް ގެންދެވެން އޮތް މަޝްވަރާއެއް ނޫންކަމަށާއި، މިކަމުގައި އަވަސް ޖަވާބެއް އެމްޑީޕީންވެސް ދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ފެންނަން އޮތް ހަގީގަތަކީ ރައީސް ޞާލިހަށް ދެން މިއިންތިޚާބުގައި މޮޅުވެވޭނެ ގޮތެއް ނެތްކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަބުރަން ޖެހޭ ވޯޓުގެ އަދަދާއި، ފެންނަން އޮތް ނަތީޖާއިން ރައީސް ޞާލިހަށް ދެން މިއިންތިޚާބުން މޮޅުވުމަކީ މުއްތަހީއްލު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިހު މިވަގުތު ދެން އެބޭފުޅާއަށް ދެން މޮޅު ނުވެވޭނެކަން ގަބޫލު ކުރެއްވުން އެއީ ދިވެހި ރާއްޖެއަށް އޮތް ނުހަނު ބޭނުންތެރި ކަމެއް. އެގިވަޑައި ގަންނަވާނެ އަނބުރަންޖެހޭ ވޯޓުގެ އަދަދު ވަރަށް ގިނަ. ފަރަގު ވަރަށްބޮޑު. އެހެންވީމާ އެއީ މުސްތަހީއްލު ކަމެއް. ނާދިރު ކަމަށްވުރެވެސް ބޮޑު.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެންނަން ހުރި ހަގީގަތަށް ބަލައި ދެން ޤާނޫނު އަސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ނިޒާމު ބަދަކު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ ރައީސް ޞާލިހަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ. މިކަމުގައި އެމްޑީޕީއަށް ކުރިއަށް 2 ދުވަސްވެސް ދިނުމަކީ މާގިނަ ވަގުތު ކަމަށާއި މިކަމުގައި ވަގުތު ނަގާ ނުލައި އަވަސް ކުރުމަކީ އެމްޑީޕީގައި ދަންނަވާނެ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމުގައި ޕީޕީއެމްއިން އެދިފައިވާ ފަދައިން ޝަރުތަކާއި އެކުގައި ނަމަވެސް، ޝަރުތެއް ނެތި ނަމަވެސް ޑިމޮކްރެޓްސްއިން ގޮތްތަކެއް ނިންމަން ޖެހެއެވެ. އެކަން ކުރުމުގައި ޕާޓީގެ ކައުންސިލުން ގޮތްތަކެއް ކަނޑައެޅުވުމަކީ މުހިންމު ކަމެއްކަމށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ