ދެވަނަ ބުރުގައި 408 ޒުވާނުނަށް އަލަށް ވޯޓުލެވޭ

ދެވަނަ ބުރުގައި 408 ޒުވާނުނަށް އަލަށް ވޯޓުލެވޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަލަށް 408 ޒުވާނަކަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވިއިރު، އެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މައްޗަށް ވޯޓު ލިބިވަޑައިނުގެންނެވުމުން ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ. އެ ބުރު އޮތީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282،395 މީހުންގެ އިތުރަށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެން، 212 ފިރިހެން، ޖުމްލަ 408 ޒުވާނުން އިތުރު ވެެފައިވާ ކަަމަށެވެ.

އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ވަނީ ކޮށްފައެެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުން 17 އަށް ވަނީ ހުޅުވާލާފައެވެ.

ޝަކުވާ ހުށަހެޅޭނީ މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *