ގަހަނާ ގެ ވިޔަފާރީ އަކަށް ޕަރިނީތީ އިންވެސްޓް ކޮށްފި

ގަހަނާ ގެ ވިޔަފާރީ އަކަށް ޕަރިނީތީ އިންވެސްޓް ކޮށްފި

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2023 12:25
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ގަހަނާ ބްރޭންޑަކަށް އިންވެސްޓްކޮށްފި އެވެ.

ބަތަލާ އިންވެސްޓްކޮށްފައި ވަނީ "ތުރިޓިޔާ ފައިން ޖުވެލަރީ" ކިޔާ ބްރޭންޑަކަށެވެ. މީގެ ވެރިއަކީ ޒުވާން ވިޔަފާވެރިއެއް ކަމަށްވާ ކާންތީ ދަތެވެ. އަދި އެއީ ޕަރިނީތީ ގެ ކަޒިންއެއްވެސް މެއެވެ. އަދި އޭގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައި ވަނީ ހައިދަރުއާބާދުގެ ޖުބިލީ ހިލްސްގަ އެވެ.

 

View this post on Instagram

 

A post shared by @parineetichopra

އަލަތު ކައިވެންޏަށް ތައްޔާރުވަމުން އަންނަ 34 އަހަރުގެ ބަތަލާ ވިޔާފީ އަކަށް އިންވެސްޓް ކޮށްފައިވާ އިރުގައި އޭނާ ބުނެފައިވަނީ "ތުރިޓިޔާ ފައިން ޖުވެލަރީ" އަށް އިންވެސްޓްކުރުމަކީ ހަމައެކަނި ވިޔަފާރީގެ ޕާޓްނަޝިޕެއް ނޫން ކަމަށެވެ. އެއީ އިންޑިއާގެ އާދަކާދަ އާއި ސަގާފަތް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ބްރޭންޑަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

"ތުރިޓިޔާ ފައިން ޖުވެލަރީ" ރަސްމީކޮށް ލޯންޗްކުރީ މި މަހުގެ 8 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.