ޖެނީލިއާ ބަނޑުބޮޑުތަ؟

ޖެނީލިއާ ބަނޑުބޮޑުތަ؟

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2023 10:34
0

ބޮލީވުޑްގެ ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި މަޝްހޫރު ދެމަރިފިން ކަމުގައިވާ ރިތޭޝް ދޭޝްމުކްއާއި ޖެނީލިއާ ޑި ސޫޒާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މި ވާހަކަތަށް ދެކެވެން ފެށި މިފަހުން އެމީހުން ބައިވެރިވި އިވެންޓެއްގައި ޖެނިލީއާ އުޅޭފައިވާ ގޮތުންނެވެ. މީގެ އިތުރުން ޖެނީލީއާ ލައިގެން ހުރި ދަނބު ކުލައިގެ ހެދުމުން ވެސް އޭނާ ގެ ބަނޑު ބޮޑުހެން ވަރަށް ބޮޑަށް ހީވެއެވެ.

 

View this post on Instagram

 

A post shared by Riteish Deshmukh (@riteishd)

މި އަޑުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިތޭޝް ވަނީ އިތުރު ދެތިން ކުދިން ހޯދަން ބޭނުންވާ ކަމަށް ބުނެފައިއެވެ.އެހެން ނަމަވެސް މިވަގުތު އަރައިގެން މި އުޅޭ އަޑުތަކަކީ އެއްވެސް ހަގީގަތެއް ނެއް ދޮގު ވާހަކަތަކެއް ކަަމް ވެސް އޭނާ ވަނީ ބުނެފައިއެވެ.

2012 ވަނަ އަހަރު ކައިވެނިކުރި ރިތޭޝްއާއި ޖެނީލިއާއަށް މިހާތަނަށް ދެކުދިން ލިބިފައިވެ އެވެ. އެއީ 8 އަހަރުގެ ރައާންއާއި ހަތް އަހަރުގެ ރަހީލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.