މުޢިއްޒު ގޮވާލެއްވީ ހުރިހާ ބިރެއް ދޫކޮށްލައްވާ އެމަނިކުފާނާއެކު ވަޑައިގަތުމަށް

މުޢިއްޒު ގޮވާލެއްވީ ހުރިހާ ބިރެއް ދޫކޮށްލައްވާ އެމަނިކުފާނާއެކު ވަޑައިގަތުމަށް

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 11:51
0

ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި މީހުންނަށާއި، ރައްޔިތުންނަށް ސަރުކާރުން ދައްކަމުންދާ ބިރަށް ފަސްނުޖެހި، މިސަރުކާރު ބަދަލުކޮށް، ރައްޔިތުން އެދޭފަދަ ރާއްޖެއެއް ބިނާކުރުމަށް ޑރ.މުޙައްމަދު މުޢިއްޒާއެކު ވަޑައިގަތުމަށް އެމަނިކުފާނި އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އއ.ފެރިދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރަށްރަށަށް ވަޑައިގަންނަވާއިރު، ސަރުކާރުން ބިރުދެއްކުމުގެ ސަބަބުން ބައެއް ރައްޔިތުން އެމަނިކުފާނާ ފާޅުގައ ގުޅެން ނުކެރޭކަމަށެވެ. އެގޮތުން ޑރ.މުއިއްޒުގެ ވެރިކަމެއްގައި މަޝްރޫޢުތައް ހުއްޓުވާނެކަމާއި، ވަޒީފާ ގެއްލި ވަޒީފާ ނުދޭނެކަމަށްވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާކަމަށް އިޝާރާތްކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ދެއްވާ އެންމެ ބޮޑު ޔަޤީންކަމަކީ ސިޔާސީ މަޤާމުތަކުގައި ތިބި ބަޔަކު ފިޔަވައި އެހެން އެއްވެސް މީހެއްގެ ވަޒީފާ އެމަނިކުފާނުގެ ސަރުކާރުގައި ނުގެއްލޭނެކަންކަމަށެވެ. އެގޮތުން އެމަނިކުފާނަށް ތާޢީދުކޮށްގެން މަޤާމުން ވަކިކުރިނަމަވެސް، އަލުން އެ ވަޒީފާ ރަނގަޅު އިނާޔަތާއެކު އިއާދަކޮށްދޭނެކަމުގެ ޔަޤީންކަން ޑރ.މުއިއްޒު ދެއްވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅުވައި މިސަރުން އެކިއެކި ދޮގު ވާހަކަތައް ފަތުރާކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ޝައްކެއް އޮތްނަމަ އެމަނިކުފާނާ ސުވާލުކުރައްވުމަށާއި، ޖަވާބު ނުދެވޭނެ އެއްވެސްކަމެއް ނޯންނާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިސާލަށް ތިބޭފުޅުން ނުކުމެވަޑައިގަތީ ބާކީ މިއޮތް 15 ދުވަހު ކެމްޕެއިނަށް އަޅުގަނޑުމެންނާއެކީގަ. ވަކިކުރީމިސާލަށް. އެހެންވިއްޔާ އަޅުގަނޑުމެން އެނބުރި އައިސް ވަޒީފާ އިއާދަކޮށްދޭނަން އެ ވަޒީފާ. އެއްކޮށް ބިރު ދޫކޮށްލައްވާ. ހަމައެއްކޮށް ދޫކޮށްލައްވާ. އިރާދަކުރެއްވިއްޔާ ރައްޔިތުން ތިބީ މިސަރުކާރު ބަދަލުކޮށް ކުރިއަށްދާން ނިންމައިގެން. އެ ނިންމުން ފައިނަލްކޮށްދިނުމަށް ރައްޔިތުން ނިކުމެވަޑައިގެންދެއްވާ. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއެކީ ކުރިއަށްދާން.

– ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ތަރައްޤީގެ ރޮނގުގައި އެމަނިކުފާނުގެ ސިޔާސަތަކީ ހަމަހަމަކަމާއި އަދުލުވެރިކަމާއި އިންސާފުކަންކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ދޮގު ހަދަނީ ވަކިވަރަކަށް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑަށް ފާހަގަވަނީ މިސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރެޓަޖީއަކީ ދޮގުހެދުމުގެ ސްޓްރެޓަޖީ. ރައްޔިތުން އެކަމަކު އެއަށްވުރެ މާ ހޭލުންތެރި. އެހެންވީމަ އަޅުގަނޑު މާ ކަންބޮޑުވުމެއް ނުވޭ އެކަމުގައެއް.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ، ބިރު ހިތައް ވައްދައިގެން ތާޢިދު ކުރުން ހުއްޓުވުމަށް ސަރުކާރުންމަސައްކަތްކުރާކަމަށާއި، އެކަންކަމާ ނުޖެހުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ތަރައްޤީގެ ރޮނގގައި ސިޔާސަތަކީ ހަމަހަމަކާ އަދުލުވެރިކަމާ އިންސާފުވެރިކަންކަމަށް ވިދާޅުވެ މުއިއްްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ވަކި ރަށަކަށް ތަފާތުނުކޮށް، އާބާދީއާއި ޖާގައާއި ތަރައްޤީއަށް އިސްކަންދޭނެކަންކަަށެވެ. ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފެރިދޫއަށްވެސް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން މުއިއްޒު ދެއްވިއެވެ.

އެގޮތުން އެރަށުގެ ޒުވާނުން އެންމެ ބޭނުންވާގޮތަށް އިންޑޯ ޒުވާނުންގެ މަރުކަޒެއް ޤާއިމްކޮށް ޖިމާ ކުޅިވަރުގެ ވަސީލަތްތައް އެތަނުގައި ޤާއިމްކޮށްދެއްވާނެކަަމށް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ އެރަށުގައި އޭލެވެލް ފަށަށް ރައްޔިތުން ބޭނުންވާކަމަށެވެ. އެކަންވެސް ހަގީގަތަކަށް ހަދައިދެއްވާނެކަމަށާއި، ރައްޔިތުން އެދޭފަދަ ހޮސްޕިޓަލެއް އެރަށުގައި ޤާއިމްކުރުމަށް ރަނގަޅު ފެންވަރުގެ ޑޮކްޓަރުންނާއި ސިއްޙީ ވަސީލަތްތައް ޤާއިމްކޮށް ރައޔްިތުން އެދޭ ފެންވަރުގެ ނުވަތަ އެއަށްވުރެ ފެންވަރު ރަނގަޅު ސިއްޙީ ނިޒާމެއް އެރަށުގައި ޤާއިމްކުަރއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގްރީން ފަންޑުން ކައުންސިލްތަކަށް ލިބޭ އާމްދަނީން ރަށްގިރުމާއި ކުނީގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ލޭންޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރުން އެހީތެރިވެދީ، އެރަށޫގައި ޕިކްނިކް ދާނެ ރަށެއް ހަދައިދީ ރަނގަޅު ފެންވަރުގެ މިސްކިތެއް ޤާއިމްކޮށްދޭނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.