އިނގިރޭސި ލީގުގައި ބްރައިޓެން ބަލިކޮށް ލީގުގެ ފަސްވަނައަށް ސައުތުހެމްޓަނުން ޖެހިލައިފިއެވެ.
ބްރައިޓެން މެޗުގައި ލީޑްނަގާ ކުރި ހޯދީ ލިބުނު ޕެނެލްޓީއަކުން ޕަސްކަލް ގުރޮސްއެވެ. ސައުތުހެމްޓަނުން ނަތީޖާ ހަމަހަމަކުރީ ޖެނިކް ވެސްޓާގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ސައުތުހެމްޓަން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން އެނބުރި އައި ޑެނީ އިންގްސްއެވެ. މިއީ ޕެނެލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިންގްސް ވަނީ 2019 ވަނަ އަހަރު ކުލަބާ ގުޅުނުފަހުން މިހާތަނަށް ކުލަބަށް 28 ލަނޑު ޖަހައިދީފައެވެ. އެންމެފަހުން ރަށުން ބޭރުގައި ސައުތުހެމްޓަނުން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކޮށްދީފަ ވަނީ ޑެނީ އިންގްސްއެވެ. މިއީ ރިކީ ލަންބާޓް 2013 ވަނަ އަހަރު ރަށުން ބޭރުގައި ސައުތުހެމްޓަނަށް ހަތަރު ލަނޑު ޖަހައިދިންފަހުން ސައުތުހެމްޓަނުގެ ކުޅުންތެރިޔަކު ރަށުން ބޭރުގައި ހަތަރު ލަނޑުޖެހި ފުރަތަމަ ފަހަރެވެ.
މި ސީޒަންގެ ލީގުގައި އަދި މިހާތަނަށް ބްރައިޓެންއަށް އަމިއްލަ ދަނޑުގައި މޮޅެއް ލިބިފައެއް ނުވެއެވެ. ހަފްތާގެ ހޯމަ ދުވަހުގެރޭ، ލީގުގައި އެޓީމުން ކުޅުނު ފާއިތުވި 15 މެޗުގެ ތެރެއިން ރޭގެ މެޗަކީ ސައުތުހެމްޓަން މޮޅުވި ފުރަތަމަ މެޗެވެ. މިސީޒަންގައި މިހާތަނަށް ސެޓްޕީސްތަކުން ސައުތުހެމްޓަނުން 7 ލަނޑު ކާމިޔާބުކޮށްފައި ވާއިރު އެއްލަނޑު އިތުރަށް ޗެލްސީ ލިސްޓުގައި ކުރީގައި އޮތީ 8 ލަނޑާއެކުއެވެ.
މި މެޗުން ހޯދި މޮޅާއެކު ސައުތުހެމްޓަން ވަނީ 11 މެޗުން 20 ޕޮއިންޓް ހޯދާ، ތާވަލުގެ ފަސްވަނައަށް ކުރިޔަށް ޖެހިލާފައެވެ.