ފުރަތަމަ ބުރުން ބަލިވީ އަޅުގަނޑުގެ ސަބަބުން، އެކަމަށް މަޢާފަށް އެދެން: ފައްޔާޒު

ފުރަތަމަ ބުރުން ބަލިވީ އަޅުގަނޑުގެ ސަބަބުން، އެކަމަށް މަޢާފަށް އެދެން: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2023 11:11
0

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބަލިވީ އެނާގެ ސަބަބުން ކަމަށާއި، އެކަނުގެ ޒިންމާ ނަގައި މަޢާފަށް އެދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރުގައި ތިބެ ރައީސް ޞާލިހަށް 39 ޕަސެންޓް ވޯޓު ލިބުމަކީ ނާލާމިޔާބެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ޒިންމާ ނަގާ ކަމަށާއި، އަދި މަޢާފަށްވެސް އެދޭ ކަމަށެވެ. އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ވާނޭކަމަށް ރައްޔިތުންނަށް ދިން އުންމީދުގައި ގިނަ ބަޔަކު ވޯޓުވެސް ނުލައި ތިބިކަަމަށްފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑު އެންމެންގެ އަރިހުންވެސް ވަރަށް ބޮޑަށް މާފަށް އެދެން. އަޅުގަނދަށް ދެންނެވުނީ އެއްބުރުން 56 ޕަސެންޓާއެކު މޮޅުވެއްޖެޔޭ. އެހެން ދެންނެވުނީމާ ގިނަ ބަޔަކު މޮޅުވީކަމަށް ހިތައި ވޯޓުލާންވެސް ނުގޮސް ތިބީ. އެހެންވީމާ ވަރަށް މާފަށް އެދެން، ދެން މި ނުކުތީ ގަދަ ކުރަން.

– ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ދެވަނަ ބުރުގައި އެމްޑީޕީއަށް ހެދުނު ގޯސްތައް ރަނގަޅުކޮށް އަލުން އަބުރައި އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ދާކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ބަލައި ދިރާސާކޮށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، މިއިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ނިކުންނާނީ މާ ވަރުފަދަކޮށް ކަމަށެވެ.

https://x.com/ibu_2023/status/1701647279323500753?s=20

އޭނާ ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި އޮތް އަމާންކަން ގެއްލިދާނެ ކަަމަށެވެ. ރައްޔިތުންގެ ތެރޭގައި އޮތް ސުލްހަ ވެރިކަމާއި، ނޫސްވެރިކަމުގެ މިނިވަން ކަމާއި އަދުލު އިންސާފުގެ ހަމަ ނެއްޓި ޤައުމު ނާމާން ތަނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަތު
ކަލެއާއިި މަހުލޫފ މިވެެރިކަމުގެެ ހަލާކަކީ