މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އިން ލިބުނު މާޔޫސް ކަން ފަހަތަށް ދުއްވާލާފައިވާ ކަމަށާއި ޓީމުތަކުން މަސައްކަތްކޮށްފި ނަމަ، ބޮޑު ތަނުން އިންތިހާބު ކާމިޔާބު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ކުރީ ބުރަ މަސައްކަތެއް ކަމަށާއި ގައުމަށްޓަކައި އަދި އަނިޔާވެރިކަމުގެ ތެރެއަށް ރައްޔިތުން ދާން ބޭނުން ނުވާ ކަން ސާފުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީން މި ފަށަނީ ޖުލައި 9 ގައި ފެށި މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އެ ފާހަގަ ކުރެއްވީ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި އެ ރޭ ބޭއްވި ބޮޑު ޖަލްސާއަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެބޭފުޅުން އަނެއްކާ ވެސް ނުކުންނެވީ ރާއްޖެ އެނބުރި ނާމާންކަމުގެ ތެރެއަށް އަދި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުވާތީއެވެ. އެތައް މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބުވާ ފަހަރާއި ނާކާމިޔާބުވާ ފަހަރު ވެސް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިންތިހާބުގެ ދެވަނަ ބުރަށް އަޅުގަނޑުމެން ނުކުންނަނީ އަޒުމްގައި. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ މި ޓީމު އޮތް ގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ، އިރާދަކުރެއްވިއްޔާ ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާ އެކީގައި ދިރާސާތަކެއް ހަދާފައިވާ ކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ސާފުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން ނުކުންނަނީ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް، ފޯރި އާއި ޖޯޝާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް އަނެއްކާ ވެސް މި އިލްތިމާސް ކުރަނީ އަނެއްކާ ވެސް މި ކާމިޔާބު ކުރުމަށްޓަކައި ކުރިއަށް ވަޑައިގަތުމަށް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ވޯޓަކީ މުހިންމު ވޯޓެކެވެ. އެ ވޯޓު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަތީޖާ ބަދަލު ކުރަން ބޭނުން ވަނީ އެންމެ ވޯޓެއް. އަދި ހާއްސަކޮށް މި ބުރުގައި ކޮންމެވެސް އެކަކަށް ވޯޓު އަޅާނެ. މި ބޭނުން ވަނީ %50 އާ އެކުގައި އެންމެ ވޯޓެއް. އެ ވޯޓަކީ ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓެއް ކަމުގައި ހަދައިގެން ނުކުމެ ވޯޓު ދެއްވާ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަ ކުރެއްވި އަނެއް ކަމަކީ ވޯޓުލާން ނުނިކުތް މީހުންގެ އަދަަދު ގިނަ ކަމެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ވޯޓުތައް ހިމެނޭ އިރު، އެމީހުން ވޯޓުލާން ނުދިޔަ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
One Response
އިބޫސަރުކާރުގަަ ކޮންކަމަކުންތޯޯ އިންސާފުލިބެނީީ އަބަދުމެއުޅެނީީ އަމިއްލަޖީބުތައްް ފުރާލަންް ގޯތިބެހީތީވެސްް ޕާޓީކުދިންކޮޅައްް ގުރައްލަނީީ އެމީހުންބޭނުންވާާ މީހުންބޭނުންތަނަކުންް ގޯތިދީފަަ ބާކީވާާ އެތިކޮޅުު ފުލެޓުވެސްް ރައީސްްޔާމީންް ދެއްވިފުލެޓްތައްް އަތުލާާ ރައްޔިތުންނަކުރީފުރައްސާރަަ ގައުމުގެެ މިނިވަންކަންވެސްް އިސްތިގުލާލުވެސްް މަދުފައިސާކޮޅަކައްް ވިއްކާލާނިންމާލައިފިި އަނެއްކޮޅުންް އިބޫމެންގެެ އެއްވެސްް ޔަގީންކަމެއް އެމްޑީޕީއައްް މަސައްކަތްކުރާމީހުންނައްވެސްް ނޯވޭޭ މުޅިއެމްޑީޕީީ އޮތީީ މާޔޫސްވެެ ގޮތްހުސްވެފަަ އެމްޑީޕީގެެ ހަރަކާތްތަކުންް ސާފުކޮއްް ޔަގީންވޭޭ ދެންކިހިނެތްް ތިވަރުގެެ ބަޔަކައްް ވޯޓެއްދޭނީވެސްް ފުރަތަމަަ އިސްލާހުވޭޭ އޭގެފަހުންް ރައްޔިތުންް ނިންމާނެެ ގޮތްް