ރައީސް ޞާލިހަށް ހުށަހަޅާނެ ހުށަހެޅުމެއް ނެތް، ކުރާނެ ތާއީދެއްވެސް ނެތް: އީވާ

ރައީސް ޞާލިހަށް ހުށަހަޅާނެ ހުށަހެޅުމެއް ނެތް، ކުރާނެ ތާއީދެއްވެސް ނެތް: އީވާ

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2023 04:41
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީއާއިއެކު ކުރިއަށްދާން ހުށަހަޅާނެ ހުށަހެޅުމެއްވެސް ކުރިއަށްދާނެ ގޮތެއްވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ޑިމޮކްރެޓްސް އިން ކޮމެޓީއެއް ނެގިޔަސް، ނުނެގިޔަސް އެގެން އޮތް ކަމަކީ ރައީސްް ޞާލިހާއި، އެމްޑީޕީއާއިއެކު ކުރިއަށް ދެވެން ނެތްކަމުގައެވެ. އީވާ މިހެން ބުނުމާއިއެކު ޑިމޮކްރެޓްސްގެ ޢާންމު މެމްބަރުންގެ ހަޅޭކުގެ އަޑާއި އަތްތިލަބަޑީގެ ހޫނު ތަރުހީބެއް ވަނީ ދީފައެވެ.

އީވާ ވިދާޅުވީ މިސަރުކާރާއިއެކު ޑިމޮކްރެޓްސް އިން ކުރިއަށްދާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. އަދި މިސަރުކާރަށް ހުށަހަޅާނެ އެއްވެސް ހުށަހެޅުމެއް ނޯންނާނެކަމަށް އީވާ ވިދާޅުވިއެވެ.

ކޮމެޓީއެއް ނެގިޔަސް ނުނެގިޔަސް، އެމްޑީޕީއާއެކީ ކުރިއަށް ނުދެވޭނެ ކަން ވަރަށް ސާފު. އަޅުގަނޑުމެން މިސަރުކާރަށް އެމްޑީޕީއަށް ހުށަހަޅާނެ އެއްވެސް ކަމެއް ނެތް. ހެދީ ހުސް ދޮގު. އޮޅުވާލީ އޮޅުވާލުން. އަޅުގަނޑުމެން ބޭނުމީ އިބޫނޫން ގޮތެއް. އެއްގޮތަކީ އެއްވެސް ބަޔަކާއިއެކު ކުރިއަށް ނޫނީ އެހެން ގޮތެއް ހޯދުން.

– އީވާ ވިދާޅުވިއެވެ.

ވަރަށް ޖަޒުބާތުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީއާއި، މިސަރުކާރުން ހެދީ ހުސް ދޮގާއި އޮޅުވާލުންކަމަށެވެ. އިވާ ވިދާޅުވީ މިސަރުކާރުން ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޖެއްސި ހާލާއި، ހެދި ގޮތަކީ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމަށެވެ. މިބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ރައީސް ޞާލިހާއިއެކު ކުރިއަށްދާން ބޭނުން ނުވާކަމަށެވެ. ބޭނުންވަނީ އެހެން ގޮތެއް ހޯދުންކަމަށެވެ.

ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ މިއިންތިޚާބުގައި އެއްވެސް ބަޔަކާއިއެކު ކުރިއަށް ނުގޮސް ތިބުން ނޫނީ، ޑރ.މުއިއްޒާއިއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅުގޮތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥަރަަންރަގަލު ނިންމުމެެ
ޙ ޙޯހޯ
ތީގައުމު އިސްކުރާ މީހުންނަކީ، ސާބަސް،