ދެވަނަ ބުރަށް 44 މިލިއަން ރުފިޔާ ބޭނުންވޭ، މާދަމާ ފިނޭންސަށް ފޮނުވާނަން: އީސީ

ދެވަނަ ބުރަށް 44 މިލިއަން ރުފިޔާ ބޭނުންވޭ، މާދަމާ ފިނޭންސަށް ފޮނުވާނަން: އީސީ

Author
އައިޝަތު އަޙްމަދު
12 ސެޕްޓެމްބަރ 2023 03:36
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓު އަދި ހަމަނުޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހާރު ކުރިއަށްގެންދާ ޕްރެސްކޮންފަރެންސްގައި ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މިއަހަރު އިންތިޚާބަށް އިލެކްޝަންސް ކޮމިޗަނުން ކަނޑައެޅި ބަޖެޓަކީ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ނުބޭއްވޭނެ ބަޖެޓެއްކަން ކުރިންވެސް ފާހަގަކޮށްފައިވާނެކަމަށެވެ. ކޮންމެއަކަސް މިހާރު ދެވަނަ ބުރެއް ބާއްވަން ޖެހިފައިވުމުން އެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ އިންތިޚާބަށް 44 މިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް މާދަމާ ފޮނުވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މި ބަޖެޓު ހޯދުމަށް މާދަމާ ފިނޭންސް މިނިސްޓްރީއަށް ލިޔާނަން.

– އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގެ ބޭއްވޭނީ އެ ބަޖެޓު ހަމަޖެހިގެންކަމަށެވެ. އެންމެ ބޮޑު ޚަރަދެއް ހިނގާނީ އޮފިޝަލުންނާއި ވޯޓު ކަރުދާހަށްކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

އެ ކޮމިޝަނުން އެދޭގޮތަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.