ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިތުރުކޮށްފި، 08:00އިން 17:00އަށް

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިތުރުކޮށްފި، 08:00އިން 17:00އަށް

Author
އައިޝަތު އަޙްމަދު
12 ސެޕްޓެމްބަރ 2023 03:27
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައަޅާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި އެކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ހެނދުނު 08:00އިން ހަވީރު 17:00އާއި ހަމައަށްކަމަށެވެ. މީގެ ކުރީގެ އިންތިޚަބުތަކުގައާއި، ނިމިދިޔަ ފުރަތަމަ ބުރުގެ އިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައީ ހެންދުނު 08:00އިން ހަވީރު 16:00އާއި ހަމައަށެވެ.

ހަބީބު ވިދާޅުވީ ވީޓު ލުން ބަނދުކުރާ ގަޑިއަށް ބަދަލު ގެނައީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ލަފާގެ މަތިންކަމަށެވެ. އެގޮތަށް ބަދަލު ގެނަނީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދުވުމުން، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ހަބީބު ވިދާޅުވިއެވެ.

އެއްގަޑިއިރު އިތުރުވުމުން ގިނަ ބަޔަކށް ވޯޓު ލުމަށް ފުރުޞަތު ލިބޭނެކަމށް ލަފާދޭ ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރުމުން ކޮމިޝަނަށް އެގޮތަށް ނިންމީ.

– ހަބީބު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 16:00ގައި ވޯޓުލުން ބަންދުކޮށް، ވޯޓުލުމަށް ވަގުތު އިތުރުކޮށްފައެއް ނުވެއެވެ. އެކޮމިޝަނުން އެކަންވަނީ ދުރާލާ އަންގާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، ދެވަނައަށް ގިނަ ވޯޓު ލިބުނު މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.