ބައްޕަ ގޮވައިގެން ސަނީ އެމެރިކާ އަށް

ބައްޕަ ގޮވައިގެން ސަނީ އެމެރިކާ އަށް

Author
ފާތިމަތު ނާވީ
14 ސެޕްޓެމްބަރ 2023 08:32
0

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ބޭސްފަރުވާ އަށް އޭނާ ގޮވައިގެން އެމެރިކާ އަށް ދޮށީ ދަރިފުޅު ސަނީ ޑިއޯލް ފުރައިފިއެވެ.

87 އަހަރުގެ ދަރުމެންދުރާ އުމުރުން ދުވަސްވުމުގެ ސަބަބުން މި ފަހުން ސިއްހީ އެކި މައްސަލަަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނަ އެޑްމިޓްކޮށް ފަރުވާ ވެސް ދީފައިވެ އެވެ. މި ދަތުރު ގައި ގިނަ ހެލްތު ޗެކަޕްތަކެއް ހަދާނެ އެވެ. އަދި ވިއްސަކަށް ދުވަސް އެމީހުން އެމެރިކާގައި ހޭދަ ކުރާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އުމުރުން ދުވަސް ވުމުގެ ސަބަބުން މިހާރު ފިލްމީ ދާއިރާއިން ވަރަށް މަދުން ފެންނަ އެކްޓަރު އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އެފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ.

ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރޭ އަކީ އޭނާގެ ރަންޒަމާނުގައި ވަރަށް ގިނަ ފިލްމް ތަކެއް ކުޅެފައިވާ އެކްޓަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.