އިންޑަސްޓްރީގައި އެމީހަކާއި އެކުގައި އެންމެ މަސައްކަތް ކޮށްލަން ބޭނުންވާ އެކްޓަރަކީ ރަންވީރު ސިންގް ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ.
ޝިލްޕާ ބުނީ ރަންވީރު އަކީ ވަރަށްވެސް މޮޅު އެކްޓަރެއް ކަމަށެވެ. އަދި އެންމެ މަސައްކަތް ކޮށްލަން ބޭނުންވަނީ އަންވީރު އާއި އެކުގައި ކަމަށެވެ. އަދި ރަންވީރަކީ މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ފަދަ ހުރަނެއް ލިބިފައިހުރި ޒުވާނެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
މި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަ ޝިލްޕާ ގެ އާ ފިލްމު "ސުކީ" ގެ ޕްރޮމޯޝަންގެ ތެރެއިން "ޒޫމް ޓީވީ" އަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ ރަންވީރު އަކީ ވަރަށް ފާހަގަ ކޮށްލެވޭ އެކްޓަރެއް ކަމަށެވެ. އަދި ކާތިކް އާރިޔާން އަކީ ވެސް ވަރަށް ފާހަގަ ކޮށްލެވޭ އެކްޓަރެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
"ޒުވާން އެކްޓަރުން ނާއި އެކުގައި ވަރަށް މަސައްކަތް ކޮށްލަން ބޭނުން. ވަރަށް ހުނަރުވެރި އެކްޓަރުން އެބަތިބި. ރަންވީރު ސިންގް އާއި ކާތިކް އާރިޔާން ފާގަކޮށްލަން. އޭގެ ތެރެއިންވެސް ރަންވީރު ހަމަ ވަރަށް މޮޅު. އޭނާގެ މަސައްކަތް ވަރަށް ފާހަގަ ކޮށްލެވޭ، އަދި ރަންވީރާއި އެކުގައި މަސައްކަތް ވެސް ކޮށްލަން ވަރަށް ބޭނުން."
ދެ ކުދިންގެ މަންމަ ޝިލްޕާ ބުނި ގޮތުގައި މިހާތަނަށް މަސައްކަތްކުރެވުނު އެކްޓަރުންގެ ތެރެއިން އެންމެ ކަމުދަނީ ގޯވިންދާ އެވެ. ގޯވިންދާ އާއި އެކުގައި ޝިލްޕާ ވަނ "ޕަރުދޭސީ ބާބޫ" އާއި "ޗޯޓޭ ސަރުކާރު" ކިޔާ ފިލްމްއެއް ކުޅެފައިއެވެ.
ކޮމެންޓު ފޮނުވާ