ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ބޮޑުތަނުން ބަލިވުމާއެކު، ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަން ހާމަކުރުމަށް ދިވެހި ސިފައިން ލައްވާ ދޮގު މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާއެކު، އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން އެބޭކަލުން ލައްވާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މަޢުލޫމާތު ފަތުރަން ކުރާ މަސައްކަތާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިފައިންނަށް މަޖުބޫރުކުރުވައިގެން ދޮގު މަޢުލޫމާތު ފެތުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކުރުމަކީ ނުހަނު ކޮންބޮޑުވާ ކަމެއްކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި، އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، އަދި ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ބަސް ބުނުމަށް ދިވެހިން ނުރުހޭކަން އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންވެސް ހާމަވެފައިވާކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ އިންތިޚާބުގައި ދިވެހީން ތިބި ގޮތް ހާމަވެ، ބޮޑުތަނުން އެމްޑީޕީ ބަލިވުމާއިއެކު އިންޑިއާ އާއި ސަރުކާރު ގުޅިގެން ކަމުގެ ޙަޤީޤަތް ދިވެހީންނަށް އޮޅުވާލުމަށް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ ޙަޤީޤަތާއި ކުރިމަތިލުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ގޮވާލާފައެވެ.
ސިފައިންނަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ބޭކަލުންކަމަށްވާއިރު، ސަރުކާރުން ބިރުދައްކާ ނުފޫޒު ފޯރުވައިގެން ހިންގަންއުޅޭ މިފަދަ ކަންކަމަށް އެއްބާރުލުން ނުދިނުމަށާއި ދިވެހި ޤައުމާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވުމަށް ގޮވާލަން.
– ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
އުތުރު ތިލަފަޅާއި، ހައިޑްރޯގްރަފީއާއި ހެލިކޮޕްޓަރާއި ޑޯނިއަރ އެއްބަސްވުންތަކުގެ އަސްލު ޢާންމުކޮށް އަދި މާލެ، ހަނިމާދޫ، އައްޑޫ ސިޓީ އާއި އެނޫންވެސް ތަންތާގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ތަކުރާރުކޮށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އެއާއެކު ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންނަށް ހޯދައިދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
One Response
ތިކަހަލަަ ބޮޑަތިި ދޮގުތަައްނުހަދާާ ގެއައްދިއުންް މާރަގަޅުވާނެެ އަޅެެ ހުރިހާސިފައިންނާާ ފުލުހުންނައްް ތިވާހަކަދައްކާލަންް ފުރުސަތެއްދީބަލަަ ކޮންމެެ ބޭފުޅަކުވެސްް އެބޭފުޅަކައްް އެގޭސިފައިންނާފުލުހުންގެެ އިސްމަގާމުތަކުގައިި މަސައްކަތްކުރައްވާާ އިހުލާސްތެރިންނާާ ސުވާލުކޮއްް ސާފުމައުލޫމާތުު ހޯދާލުމައްް ހުރިހާރައްޔިތުންނައްް ދައުވަތުު އަރުވަންް ވެރިޔާތިހަދަނީީ ކަޑައެޅިގެންބޮޑުު ދޮގެއްް ﷲގަންދީީ ހުވާކޮއްފަަ ބުނެލަވަލަަ އައްޑޫޫއަތޮޅާާ ޔޫޓީއެފްއާާ ހަނިމާދޫފަދަަ ތަންތަންް މިހާރުު ސިފައިންނާާ ފުލުހުންނާާ އަދިި ދިވެހިދައުލަތުންް ބޭނުންވާއެއްވެސްް ކަމެއްް އިންޑިޔާާ ސަރުކާރުންް އެއްބަސްނުވާގޮތަކައްް ކުރެވިދާނެތަަ އެކަމެއްދިވެހިި ސަރުކާރަކައްް ނުކުރެވޭނެެ އިންޑިޔާއިންް އެތަންތަނުގަަ ހަގުރާމަމަތީީ ޓޭންކަރުތަކާާ ހަތިޔާރުގެންގުޅުނަސްް ސިފައިންނަކައްް ފުލުހުންނަކައްް އަދިި ދިވެހިސަރުކާރަކައްް ބެލޭނެެ އެއްވެސްގޮތެއްް ނޯންނާނެެ ތިކަހަލަަ ވިޔާނުދާާ ތާކުންތާކުނުޖެހޭޭ ވާހަކަަ ދައްކަންޏާާ ކިހިނެއްތޯޯ ތިބޭފުޅުންނައްް ދިވެހީންއިތުބާރުކުރާނީީ ދޮގުނުހަދާާ ތެދުބަހުންް މުއާމަލާތްކުރޭޭ