އެމްޑީޕީ މެމްބަރުން ހުށަހެޅި ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

އެމްޑީޕީ މެމްބަރުން ހުށަހެޅި ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ބާތިލުކުރެވޭ އަދަދަށް ސޮއިހަމަކުރުމުން އެ މައްސަލަތައް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ނަަޝީދުގެ މައްސަލަ އަނބުރާ ގެންދާނެ ކަމަށް އެމްޑީޕީން އިއްޔެ ބުނި ނަމަވެސް އެ މައްސަލަ މިއަދު އެޖެންޑާކޮށް ކުރިއަށްގެންދިޔައީ އެފަދަ މައްސަލައެއް ހުށަހަޅަން ބޭނުންވާ 22 މެމްބަރުންގެ ސޮއި ހަމަވާތީއެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ސޮއި ކުރި 25 މެމްބަރަކު މިއަދުގެ މަޖިލިސް ފެށުނު ވަގުތު އޮތީ އެ ގަރާރަށް ކުރި ތާއީދު އަނބުރާ ގެންގޮސްފަ އެވެ. ފަހުން ވަގުތުކޮޅެއް ނެގުމަށްފަހު އިތުރު މެމްބަރުންގެ ސޮއި އަނބުރާ ގެންދިޔައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މިހާރު ގަރާރުގައި އޮތީ 21 މެމްބަރުންގެ ސޮއި ކަމަށެވެ. އެއާއެކު އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ކަނޑައެޅުއްވިއެވެ.

މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފަ. މި މައްސަލަ ކުރިއަށް ދިއުމަށް 22 ބޭފުޅޫންގެ ސޮއި ބޭނުންވޭ. އެހެންވީމަ އަދި 22 ބޭފުޅުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ. އަފީފް ވިދާޅުވިއެވެ.

ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ނަގަން ނިންމީ ހޮނިހިރު ދުވަހުގެ އިންތިހާބަށްފަހެވެ. އެ އިންތިހާބުގައި ވޯޓުލީ މީހުންގެ 45 ޕަސެންޓު ހޯދައިގެން ކުރި ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38 ޕަސެންޓެވެ. ނަޝީދުގެ ޕާޓީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަތް ޕަސެންޓެވެ. ވޯޓުލާން ނުނިކުންނަ 21 ޕަސެންޓު މީހުން ތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ