ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖެ އަކީ ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ވަރަށް ވެސް މަގުބޫލު މަންޒިލެކެވެ. އަބަދުވެސް ބޮލީވުޑްގެ ތަރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އުޅޭކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ވަރުން މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރިޒް ކާލްޓަން މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވަރޫންގެ އިންސްޓަގްރާމްގައި "ހެޕީ ޕްލޭސް" ޖަހާފައިި ޕޯސްޓްކޮށްފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުން ނަތާޝާ އާއި އެކުގައިއެވެ. އަދި މި ވަގުތު އޭނާ ހުރީ މަޝްހޫރު ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެއްގެ ޝޫޓިންގެ ތެރޭގައި އަނިޔާވެގެން އޭގެ މަސައްކަތުން ވެސް ބްރޭކެއް ނަގާއިގެންނެވެ.
ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދިޔާ" އިން ބޮލީވުޑަށް ނުކުތް ވަރޫން، 36، ގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ބަވާލް" އެވެ.