ކެޓްރީނާ ކައިފްގެ ވާހަކަ އާއިލާ އިން އެންމެ ފުރަތަމަ މީހަކަށް ކިޔައިދިނީ އޭނާގެ މަންމަ އާއި ބައްޕަ އަށް ކަމަށް ވިކީ ކޯޝަލް ބުނެފިއެވެ.
ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވިކީ އާއި ކެޓަރީނާ ކައިވެނި ކުރީ މީގެ ދެއަހަރު ކުރިންނެވެ. ދެފަރާތުގެ އާއިލާގެ ރުހުމާއި އެކުގައި އޮތް މިކަވެނި ބާއްވާފައި ވަނީ އިންޑިއާގައިއެވެ.
މި މަހު 22 ގައި ނުކުންނަ އޭނާގެ އާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމެލީ" ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ވިކީ ބުނީ ކެޓްރީނާ އާއި ރައްޓެހި ވެގެން އުޅޭކަމަށް އެންމެ ފުރަތަމަ ވެސް އޭނާ ބުނީ މަންމަ އާއި ބައްޕަ ގާތުގަ އެވެ.
ވިކީ އަކީ އޭނާގެ ހުނަރުގެ ސަބަބުން ކުރިއަރަމުން އަންނަ މަދު އެކްޓަރުން ތެރެއިން އެއް އެކްޓަރެވެ. ވިކީގެ މަންމަ ވީނާ ކޯޝަލް އަކީ ހައުސްވައިފްއެކެވެ. އަދި ބައްޕަ ޝާމް ކޯޝަލް އަކީ އެކްޝަން ޑައިރެކްޓަރެކެވެ. ވިކީގެ އިތުރުން އެއާއިލާގައި ދެން ހުނަނަނީ އޭނާގެ ކޮއްކޮ ސަނީ ކޯޝަލްއެވެ.
ވިކީ އާއި ކެޓްރީނާ އަކީ ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަދި ވަރަށް ލޯބިން އުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑެކެވެ. މި ދެތަރިން ވަނީ ރާއްޖޭގައި އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ވެސް އައިސްފައިއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކަށް ފަހު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަދުވަހުގައިއެވެ. އާއިލާ އާއި ގާރް ތަހުމަތްތެރިންގެ މެދުގައި ކުރެވުން މިކައިވެނީ ވަނީ ހިންދީ ދީނުގެ އާދަކާދަ ތަކާއި އަދި ކްރިސްޓިއަން ދީނުގެ އާދަކާދަތަކާއި އެއްގޮތްވާ ގޮތަށް ވެސް ކޮށްފައިއެވެ.