ކުއްޖަކު ހޯދުމަށް އާއިލާ އިން އެއްވެސް ޕްރެޝަރެއް ނުކުރާ ކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ. ވިކީ އާއި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ކައިވެންޏަށް މިހާރު ވަނީ ދެއަހަރު ވެފައިއެވެ.
މި މަހު 22 ގައި ނުކުންނަ އޭނާގެ އާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމެލީ"ގެ ޕްރޮމޯޝަނަށް ބޭއްވި އިވެންޓެއްގައި ފޭނަކު ކުރި ސުވާލުގެ ޖަވާބު ދެމުން ވިކީ ބުނީ އޭނާގެ ވެސް އަދި ކެޓްރީނާ ގެ އާއިލާ ވެސް ކުއްޖަކު ހޯދުމަށް އެއްވެސް ޕްރޝަރެއް ނެއް ކަމަށެވެ.
ވިކީ އާއި ކެޓްރީނާ އަކީ ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަދި ވަރަށް ލޯބިން އުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑެކެވެ. މި ދެތަރިން ވަނީ ރާއްޖޭގައި އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ވެސް އައިސްފައިއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކަށް ފަހު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަދުވަހުގައިއެވެ. އާއިލާ އާއި ގާރް ތަހުމަތްތެރިންގެ މެދުގައި ކުރެވުން މިކައިވެނީ ވަނީ ހިންދީ ދީނުގެ އާދަކާދަ ތަކާއި އަދި ކްރިސްޓިއަން ދީނުގެ އާދަކާދަތަކާއި އެއްގޮތްވާ ގޮތަށް ވެސް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ