"މިޝަން ރާނީގަންޖު" އޮކްޓޯބަރު މަހު 6 ގައި

"މިޝަން ރާނީގަންޖު" އޮކްޓޯބަރު މަހު 6 ގައި

Author
ފާތިމަތު ނާވީ
12 ސެޕްޓެމްބަރ 2023 11:50
0

ކޯލްމައިނެއްގެ ތެރޭގައި ތާށިވާ ބަޔަކު ސަލާމަތްކުރަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ އަކްޝޭ ކުމާރުގެ އައު ފިލްމް "މިޝަން ރާނީގަންޖު" އަޅުވާ ތާރީހް އިއުލާން ކޮށްފިއެވެ.

1989 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯލްމައިނެއްގެ ތެރޭގައި ތާށިވި ގިނަ ބަޔަކު ސަލާމަތް ކުރަން ހިންގި އޮޕަރޭޝަންގެ މައްޗައް ހަދައިފައިވާ މި ފިލްމް ގައި އެ މިޝަންގައި އިސްކޮށް ހުރީ ޖަސްވަންތު ސިންގް ގިލް ކިޔާ މީހެކެވެ. މި ފިލްމްގައި އަކްޝޭ ފެނިގެންދާނީ ޖަސްވަތުގެ ރޯލެވެ. ފިލްމް އެޅުވުމަށް ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޓީނޫ ސުރޭޝް ދެސާއީ އެވެ. މީގެ ކާސްޓްގައި ރަވީ ކިޝަން، ކުމުދު މިޝްރާ، ވަރޫން ބަޑޯލާ، ޕަވަން މަލްއުތުރާ، ދިބްޔެންޑޫ ބަޓަޗާރިއާ އަދި އާންނަތު މަހާދޭވަން ފަދަ ފަންނާނުން ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.