ޖެހުނު ހިސާބު ގޯސް ކަމަށް ފައްޔާޒު އެއްބަސްވެއްޖެ!

ޖެހުނު ހިސާބު ގޯސް ކަމަށް ފައްޔާޒު އެއްބަސްވެއްޖެ!

ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ޖެހުނު ހިސާބު ގޯސްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެއްބަސްވެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކޮށް އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށް ތަކުރާރުކޮށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ކެމްޕޭންގައި މާލޭގައި ބޭއްވޮ ބޮޑު ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ %56 އަށް ވުރެން މަތިން ކަމަށާއި އެގޮތަށް ވިދާޅުވަނީ ވަރަށް ޔަގީންކަމާ އެކު ކަމަށެވެ.

މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން.

– ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު މިއަދު ވިދާޅުވީ އޭނާއަށް މިއިންތިޚާބުގައި ޖެހުނު ހިސާބު ގޯސްކަމަށެވެ. އަދި ކުރަންޖެހޭ ކަންކަން ސާފު ވެފައިވާކަމަށާއި، ކެމްޕޭންގެ މަސައްކަތް ރުކުރުވާލައި އިންތިޚާބު ކާމިޔާބު ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ.

ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން.

– ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ރައީސް ޞާލިހު މިއިންތިޚާބުގައި 130،000 ވޯޓު ނަގާނެކަމަށް ބުނެފައެވެ. އަދި މިއީ ސިޔާސީ މީހަކަށް ލިބޭނެ އެންމެ ގިނަ ވޯޓު ކަމަށްވެސް ބުނެފައެވެ. ނަމަވެސް މިހާތަނަށް އިންތިޚާބެއްގައި ސިޔާސީ މީހަކަށް ލިބުނު އެންމެ ގިނަ ވޯޓު ލިބުނީ ޑރ. މުއިއްޒުއަށެވެ. މުއިއްޒު ވަނީ 100،000 ވޯޓު ހޯއްދަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *