ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބުނު ވޯޓަށްވުރެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބުނު ވޯޓުގެ ޢަދަދު މަދުވުމުން އެކަމާއި ޖޭޕީގެ ސޮލޮޓްގައި ޓުރިޒަމް މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު އެމްޑީޕީއަށް ބަދަލުވި ޑރ. މައުސޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މައުސޫމަކީ ޤާސިމާއި ވަރަށް އަރިސްކޮށް އުޅުއްވުމަށްފަހު ރިޔާސީ އިންތިޚާބުގައި ޤާސިމް ދޫކޮށް ރައީސް ޞާލިހަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މައުސޫމު ވަނީ އިންތިޚާބުގެ ނަތީޖާ އައިގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މައުސޫމްގެ ކަންބޮޑުވުމަކަށްވީ ރައީސް ޞާލިހަށް ވޯޓު މަދުވެގެން ނޫނެވެ.
މައުސޫމްގެ ކަންބޮޑުވުމަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ވޯޓު މަދުވުމެވެ. މައުސޫމް ވިދާޅުވީ ޤާސިމަކީ ފަސޭހަ ކަމާއިއެކު ކޮންމެ އިންތިޚާބުގައި 15 އިންސައްތައް ވޯޓު ލިބޭ މީހަކަށްވާއިރު މިއިންތިޚާބުގައި ބޮޑު ތަނުން ބަލިވުމުން އެކަން ދިރާސާކޮށް ބަލަންޖެހޭ ކަމަށެވެ.
އަޅުގަނޑާއި އެހެން ބައެއް ބޭފުޅުން އެޕާޓީއިން ވަކިވި ކަމުގައިވިޔަސް ޖޭޕީ އަކީ ފަސޭހަ ކަމާއި އެކު މަދުވެގެން %15 ވޯޓު ރިޔާސީ އިތިޚާބުގައި ނަގާނެކަމަށް ބެލެވުނު ޕާޓީއެކެވެ. ވީމާ %12.5 ވޯޓަށް ވީގޮތް ދެނެގަތުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ މުހިންމު ދިރާސާއަކަށްވާނެެއެވެ!
– މައުސޫމް ވިދާޅުވިއެވެ.
މި އިންތިޚާބުގައިޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.47އެވެ. މިއީ މިހާތަނަަށް އިންތިޚާބެއްގައި ޤާސިމަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ. ޤާސިމް އޮތީ އުމަރަށްވުރެވެސް ދަށުގައެވެ.
One Response
މީ ދިރާސާ ކުރަންޖެހޭވަރުގެ ކަމެއްނޫން. ބޮޑު ވެންޓިލޭޓަރަކާ، ޒިޕުކަހައިގެން އޮފީހުގަ އުޅޭ މީހަކާ ގޮވައިގެން ނިކުތީމަ ވާންޖެހޭގޮތް އެ ވީ.