ސުނިލް ޝެޓީ އާއި ސަންޖޭ ކަޕޫރުގެ ދަރިން ބްރޭންޑެއްގެ އެމްބެސެޑަރުންނަށް ހަމަޖައްސައިފި

ސުނިލް ޝެޓީ އާއި ސަންޖޭ ކަޕޫރުގެ ދަރިން ބްރޭންޑެއްގެ އެމްބެސެޑަރުންނަށް ހަމަޖައްސައިފި

Author
ފާތިމަތު ނާވީ
10 ސެޕްޓެމްބަރ 2023 01:13
0

ކުރީގެ މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ސަންޖޭ ކަޕޫރް ގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕުރު  އާއި ސުނިލް ޝެޓީ ގެ ފިރިހެން ދަރިފުޅު  އަހާން ޝެޓީ އެކުގައި ފެޝަން ބްރޭންޑެއް ކަމަށްވާ އެޗްއެންޑްއެމްގެ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުންނަށް ހަމަޖައްސައިފި އެވެ.

މި ބްރޭންޑާއި އެކުގައި މިދެތަރިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ބްރޭންޑް އާއި އެކުގައި ނަގައިވާ ފޮޓޯ ތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައިއެވެ.

 

View this post on Instagram

 

A post shared by Shanaya Kapoor🤍 (@shanayakapoor02)

އަހާން، 27، އަކީ 2021 ގެ ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވެފައިވާ އެކްޓަރެކެވެ. ނަމަވެސް ބައްޕަ ސުނިލް ފަދަ އެކްޓަރަކަށް އޭނާ އަކަށް ނުވެވުނެވެ. އެފަހުން އޭނާގެ އެއްވެސް ފިލްމް އެއް މިހާތަނަށް އައިސްފައިއެއް ނުވެއެވެ.

އަނެއް ކޮޅުން ޝަނާޔާ، 22، ބޮލީވުޑަށް ނެރެން އިއުލާންކުރި ފިލްމަކީ 2021 ގެ "ބޭދަޅަކް" އެވެ. އެކަމަކު އެ ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. ނަމަވެސް މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ބޮޑު ޕްރޮޖެކްޓް "ރުޝާބާ" އަށް ސޮއިކޮށް، އޭގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިދިޔަ މަހު ނިންމައިފަ އެވެ.

 

View this post on Instagram

 

A post shared by Shanaya Kapoor🤍 (@shanayakapoor02)

ޝަނަޔާ އަކީ ބޮލީވުޑްގެ ނުފޫޒު ގަދަ ކަޕުރު ހާންދާން އަށް ނިސްބަތްވާ ކުއްޖެކެވެ. އެގޮތުން އެއާއިލާގެ ބައެއް ތަރިންނަކީ މިހާރުވެސް ބޮލީވުޑްއަށް ތައާރަފް ވުމަށް ތައްޔާރަށް ތިބި ކުދިންނެވެ. އަނެއް ބައިކުދިން ތިބީ މިހާރު ކެރިއަރުގެ ކުރީކޮޅުގައިއެވެ. އަދި އެއާއިލާ ގެ ބައެއް ތަރިންނަކީ މިހާރު އޭލިސްޓްގެ ތަރިންވެސް މެއެވެ.

ސަންޖޭ އަކީ ސޯނަމް އާއި ހާޝްވަރުދަން ގެ ބައްޕަ އަނިލް ކަޕޫރާއި އަރުޖުން އާއި ޖާންވީ އަދި ހުޝީގެ ބައްޕަ ބޯނީ ކަޕޫރްގެ ކޮއްކޮއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.