ބޮލީވުޑްގެ ޒުވާން އެކްޓަރު އަދި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ގެ ކޮއްކޮ އިޝާން ކައްޓަރު ގެ ހަޔާތަށް އައު ލޯބިވެރި އަކު އައިސްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މީޑިއާތަކުން ބުނީ އިޝާން ގެ އާ ލޯބިވެރިޔަކީ އިންޑިއާ ދަރިކޮޅުގެ މެލޭޝިއާގެ މޮޑެލްއެއް ކަމަށްވާ ޗާންދުނީ ބައިންޒް ކަމަށެވެ. އަދި މިދެމީހުން ދިމާވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ ކަމަށާއި އެދެމެދުގެ ގުޅުން މިހާރު ވަރަށް ރަނގަޅޫ ކަމަށާއި ބަދަހި ކަމަށް ވަނީބުނެފައިއެވެ.
މިހާރު އެމީހުންގެ ގުޅުން ވަރަށް ބަދަހި ވެފައި ވާކަމަށާއި އެމީހުން އުޅެނީ ވަރަށް ލޯބިން ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައިއެވެ. އަދި އެގުޅުން ވަރަށް ސީރިއަސް ކަމަށްވެސް ބުނެފައިއެވެ.
މީގެ ކުރިންވެސް އިޝާން ވަނީ ވަަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބަތަލާ އަނަންނިޔާ ޕާންޑޭ އާއި އެކުގައި ބާއްވައިފައިއެވެ. އެގޮތުން ދެމީހުން އެކުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުނެވެ. އަދި ދެފަރާތުގެ އާއިލާގެ ބައެއް ފަންކުޝަން ތަކުގައިވެސް ދެމީހުން އެކުގައި ބައިވެރިވެފައި ވާތަން ވަނީ ފެނިގެން ގޮސްފައިއެވެ.
މީގެ އިތުރުން އެކުގައި ޗުއްޓީ ދަތުރު ތަކުގައިވެސް ވަނީ ގޮސްފައިއެވެ. އެގޮތުން އޭރުގައި މި ދެލޯބިވެރިން ވަނީ ރާއްޖެއަށް ވެސް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިއެވެ. މިހާރު މީޑިއާއިން ބުނާގޮތުގައި އަނަންނިޔާ ގެ ލޯބިވެރިއަކީ އަދިއްތިޔާ ރޯއީ ކަޕޫރުއެވެ.
2018 ވަނަ އަހަރު "ދަޅަކް" އިން ބޮލީވުޑް އަށް ތައާރަފްވި ޒުވާން އެކްޓަރުގެ ކުރިއަށް އޮތް ފިލްމް އަކީ "ޕިއްޕާ" އެވެ.