މަރުވެފައިވާ ކަމަށް ކަނޑައަޅާފައި އޮތުމުން ދިރި ހުރި މީހަކަށް ވޯޓެއްނުލެވުނު!

މަރުވެފައިވާ ކަމަށް ކަނޑައަޅާފައި އޮތުމުން ދިރި ހުރި މީހަކަށް ވޯޓެއްނުލެވުނު!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 03:09
0

ވޯޓާސް ލިސްޓުގައި ދިރި ހުރި މީހަކު، މަރުވެފައިވާ މީހެއް ކަމަށް ނިންމާފައި އޮތުމުން އޭނާއަށް ވޯޓުލުމުގެ ހައްގުން މަހުރޫމް ވެއްޖެއެވެ.

މިކަން ހިނގާފައިވައިނީ ކ. މާފުށީގައެވެ. މިކަން ހިނގާފައިވަނީ އެއް ނަން ކިޔާ ދެ މީހެއްގެ ނަން ލިސްޓްގައި އޮތުމުންނެވެ. މަރުވެފައިވާ ކަމަށް ކަނޑަޅައި ލިސްޓުން އުނިކޮށްފައި ވަނީ ދިރިހުރި މީހާގެ ނަމެވެ. އަނެއް މީހާގެ ނަން ލިސްޓްގައި އެބަ އޮތެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނުން މަސްދަރެއްގެ ގޮތުގައި ބަލަނީ ޑީއެންއާރުގެ ރަޖިސްޓްރީ ކަމަށާއި އެ ލިސްޓުގައި ނެތް މީހަކަށް ވޯޓު ލެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ދިރި ހުރި މީހަކު މަރުވި މީހެއްގެ ގޮތަށް ވުމުން އެ މީހާ އަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިއުން އެއީ ވަރަށް ހިތާމަވެރި ކަމެއް.

– ހަބީބު ވިދާޅުވިއެވެ.

ކުރިމަގުގައި އެފަދަ ކަންކަން ހިނގައިޔަ ނުދިނުމަށްޓަކައި ކޮމިޝަނަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށާއި ނަމަވެސް މި ކަމުގައި ބޮޑަށް އޮތީ ފަރުދީ ޒިންމާ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން ވެސް އެ މީހާގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ. މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅި ނަމަވެސް ވޯޓު ލުމުގެ ފުރުސަތު ލިބުނީސް ކަމަށް ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ދަނީ ވަރަށް އަމާން ކަމާއިއެކުގައި ކަމަށް ހަބީބް ވިދާޅުވިއެވެ. ވޯޓުލުން ކިއުގައި މީހަކު ނެތްނަމަ 4 ޖަހާއިރު ބަންދު ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ޑީއެން އާރަށްވެސް މަރުވާމީހުންގެ ލިސްޓް ދޭނީ ކޮންމެސް ފަރާތަކުންތާ އެފަރާތަކުން ދޭލިޔުމާ އެއްގޮތަށް ތޯއްޗެ އެމީހުން ޑޭޓާގަ ނޯޓުކުރާނީ