Ad
އާ ކޯޗު ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑް ބަލިވެއްޖެ

އާ ކޯޗު ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑް ބަލިވެއްޖެ

Author
އިބްރާހީމް ސާޢިދު
08 އޮކްޓޯބަރ 2020 08:14
0

ނެދަލޭންޑްގެ ގައުމީޓީމުގެ ކޯޗުކަމާ ފްރޭންކް ޑި ބޮއާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ނެދަލޭންޑް ބަލިވީ މެކްސިކޯއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ މެކްސިކޯގެ ފޯވާޑް ރައުލް ޖިމިނޭޒްއެވެ. މިއީ ގައުމީޓީމަށް އޭނާ ކާމިޔާބުކޮއްދިން 25 ވަނަ ލަނޑެވެ. މިލަނޑު ކާމިޔާބު ކުރުމުގެ ކުރިން ޖިމިނޭޒްއަށް ވަނީ ގިނަފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އޭގެތެރެއިން ބައެއް ހަމަލާތައް ވަނީ ނެދަލެންޑް ކީޕަރު ޓިމް ކުރޫލް ދިފާއުކޮއްފައެވެ. މިއީ އޭނާ ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ގައުމީޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ނެދަލޭންޑްގެ ފަރާތުން ދަށްކުޅުމެއް ފެނުނުމެޗުގައި ދެވަނަ ހާފްގައި ނެދެލަންޑްގެ މެޕިސް ޑިޕޭއަށް ވަނީ ނަތީޖާ ހަމަހަމަކޮއްލަން ރަނގަޅު ފުރުސަތެއް ލިބިފައވެ.

ނެދަލޭންޑްގެ ކޯޗުކަމާ ޑިބޮއާ ހަވާލުވީ ހުސްވިމަހުގެ 23 ވަނަ ދުވަހުއެވެ. ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހު ނެދަލޭންޑް ނުކުންނާނީ ބޮސްނިއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.