މިނިވަންކަމުން ޣާފިލްވެވޭކަށް ނެތް، މިއީ ލޯމަރާލައިފިނަމަ ތާއަބަދަށް ލޯމަރާލަން ދެވޭ ފުރުސަތެއް: މުއިއްޒު

މިނިވަންކަމުން ޣާފިލްވެވޭކަށް ނެތް، މިއީ ލޯމަރާލައިފިނަމަ ތާއަބަދަށް ލޯމަރާލަން ދެވޭ ފުރުސަތެއް: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2023 11:21
0

އަންނަ ހޮނިހިރު ދުވަހު ލާވޯޓަކީ ދިވެހިންގެ މިމިވަންކަމުން ޢާފިލްވެ ލެވޭ ވޯޓަކަށް ހެދެން ނެތްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި މިރޭ ހެންވޭރު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވޯޓާއި ހަމައަށްދާއިރު ރައްޔިތުންގެ ހިތުގައި އެންމެ ފުރަތަމަވެސް ބާއްވަންވީ މިނިވަންކަން ކަމުގައެވެ. މިނިވަންކަން ނެތް ތަނެއްގައި ކުރެވޭނެ އެހެން ކަމެއް ނޯންނާނެކަމަށާއި، ތަރައްޤީއާއި ކުރިއެރުން ލިބޭނީ މިނިވަންކަން ގާއިމް ކޮށްގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިނިވަންކަން މިހާރު އޮތީ ގަނޑެއްގައި ލެޔެފައިވާ މިންވަރަށް ކަމަށެވެ. ޢަމަލީ ގޮތުން ފެންނަނީ އަޅުވެތިވެފައިވާ މަންޒަރުކަމަށެވެ. ބޭރުގެ އެތައް ސަތޭކަ ސިފައިންނެއް މިހާރުވެސް ރާއްޖޭގައި ތިބިއިރު މިކަންކަމަށް އިތުރު ފުރުސަތު ނުދީ މިކަން ނިންމޭނީ ދިވެހި ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނެގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހިންގެ ރާއްޖެ މިގޮތުގައި ބާއްވާ ބަޔަކާއިއެކު. މިނިވަންކަން އަދި އަޅުގަނޑުމެން މިނިވަން މުސްތަގިއްލުކަން ގަބޫލު ކުރާ ބަޔަކާއިއެކު އަޅުގަނޑުން ތިބޭނީ. މިތާގައި ސިފައިން ބައިތިއްބަން އެއީ މަޝްވަރާވެސް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެން އެންމެ ބޮޑަށް ކަށަބަރު ކުރާނެ ކަމަކީ މިނިވަންކަން ކަށަވަރު ކުރުން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހޮނިހިރު ދުވަހު ވީހާވެސް ހެނދުނާ ނިކުމުގެ ވޯޓުގެ ކަންކަން ނިންމުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. ވޯޓުގެ ވަގުތު އިތުރުކުރަން ޖާގަ ދީފިނަމަ އެއީ ވޯޓުން މަކަރު ހެދުމަށް ދެވޭ ފުރުސަތެއް ކަަމަށް މުއިއްޒު ވިދާޅުވިއެވެ. މިފަހަރު އެފުރުސަތު ނުދެއްވާ ވީހާވެސް ހެނދުނާ ވޯޓުގެ ކަންކަން ނިންމުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.