މެމްބަރު މޮސްޓާގެ ތާއީދު ޑރ.މުއިއްޒަށް، ކެމްޕޭނަށް ނިކުންނަވައިފި

މެމްބަރު މޮސްޓާގެ ތާއީދު ޑރ.މުއިއްޒަށް، ކެމްޕޭނަށް ނިކުންނަވައިފި

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2023 07:58
0

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު/ މޮސްޓާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ތާއީދުކޮށް، ކެމްޕޭންގައި ޢަމަލީ ގޮތުން ބައިވެރިވާން ފަށައިފިއެވެ.

މޮސްޓާ އަކީ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މެމްބަރެކެވެ. އޭނާއަކީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް އަބަދުވެސް ފާޑުވިދާޅުވާ މެމްބަރެކެވެ. މަޖިލީހުގައި ސަރުކާރާއި ދެކޮޅަށް ކުރެވުނު ގިނަ މަސައްކަތްތަކުގައިވެސް މޮސްޓާ ޢަމަލީ ގޮތުން ބައިވެރި ވެފައިވެއެވެ.

މޮސްޓާ ޑރ.މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްގެ ހަރަކާތްތަކަށް ނިކުތީ މިއަދު ނޮޅިވަންފަރަށް މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވަޑައިގެންނެވުމުންނެވެ. ސެމްބެއަށް އެންމެ ފުރަތަމަ ނޮޅިވަރަމްފަރުން މަރުޚަބާ ދެންނެވީވެސް މޮސްޓާއެވެ.

މޮސްޓާ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރި މުޒާހަރާތަކުގައިވެސް ބައިވެރިވެފައެވެ. ސެމްބެ މިއަދު ނޮޅިވަރަން ފަރަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވައި މިއިންތިޚާބުގައި އެރަށުން ޑރ.މުއިއްޒުއަށް މެޖޯރިޓީ ހޯދައި ދޭނެކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.