ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް މަޖުބޫރުކުރުވީ މިސަރުކާރުން ރައްޔިތުންނަށް ވަމުންދިޔަ ބޮޑު ޚިޔާނާތުގެ ސަބަބުންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިންގައި މިއަދު ލ. ގަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މިފަހަރުގެ އިންތިޚާބަށް ނިކުންނެވީ ގައުމުގެ އިސްތިގްލާލާއި އަމްނު އަމާންކަން އަދި ގައުމު އިން ބޭރުގެ ފަރާތްތަކަށް ވިއްކާލުމުގެ ސަބަބުންކަމަށެވެ. މިކަންކަމާއި ދެކޮޅަށް ރައްޔިތުންނާއެކު ބައިވެރިވެ އެމަނިކުފާނު ހާލަތު ބަދަލުކުރުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުންނެވިކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ޚިދުމަތްދީ ތަރައްޤީގެ ފުރުޞަތު ހޯދާދިނުމުގެ މަގްޞަދުގައި ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން އެކަން ކުރަނީ ޚިޔާނާތުގެ ފައިސާ ޖީބުތަކަށް ބަރުކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
Qaumee Candidate 🇲🇻Qasim Ibrahim L.Gamah kurahvaa dhathuru @qasimibrahim @ameenmaldives #HaaskandaalaaHamajeheyne #QasimAmeen2023 #VoteQasim2023q pic.twitter.com/q6kgMI7LDM
— JP Secretariat (@JPSecretariat) September 6, 2023
ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކަންތައް ވަމުންދިޔައީ އެގޮތަށް ފޮށިފޮށި ގަނޑުގައި މިލިއަނުން ޑޮލަރު ކަޅުފައިސާ ޔާމީންގެ ގެކޮޅަށް ވަދެނިކުންނަމުންދިޔަ ކަމަށް ޔާމީންވެސް ވެރިކަމުގައި ހުރެގެންވެސް ފާޅުގައި ވިދާޅުވަމުން ދިޔަކަމަށެވެ. ވެރިކަން ނިމުނު އިރު ޔާމީންގެ އެކައުންޓްތައް ފުރިފައިވާ ކޮރަޕްޝަންގެ ކަޅު ފައިސާއިން ކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ކޮރަޕްޓް ސަރުކާރުތައް އަލުން ބަލުން ގެނެސްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. މިސަރުކާރުންމިއަދާ ހަމައަށް ދެމިއޮތީ ދަރަނީގެ ދަންތުރަޖަހާގެން ރައްޔިތުން އެދަންތުރާގައި ޖައްސާގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ