"ޓީރާ" އިޝްތިހާރުކުރަން ކަރީނާ އާއި ކިއާރާ އަދި ސުހާނާ

"ޓީރާ" އިޝްތިހާރުކުރަން ކަރީނާ އާއި ކިއާރާ އަދި ސުހާނާ

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2023 09:06
0

މިހާރު ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ އާ ބިއުޓީ ބްރޭންޑް، "ޓީރާ" އިޝްތިހާރުކުރަން ބޮލީވުޑްގެ ތިން ޖެނެރޭޝަން ގެ ތިން ބަތަލާއިން ހަވާލުވެއްޖެއެވެ.

އެގޮތުން އިންޑިއާގެ މަގުބޫލު ކަން ހޯދަމުން އަންނަ މި ބްރޭންޑް އިޝްތިހާރު ކުރުމަށް ހޮވައިފައިވަނީ 42 އަހަރުގެ ކަރީނާ ކަޕޫރު އާއި 31 އަހަރުގެ ކިއާރާ އަދުވާނީ އާއި އަދި އެންމެ 23 އަހަރުގެ ސުހާނާ ހާންއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

މީގެ ފަހުން "ޓީރާ" ގެ އިޝްތިހާރު ތަކުން މި ތިންތަރިން ފެނިގެންދާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މިހާރު މި ތަރިންނަކީ އިޝްތިހާރު ތަކުން ބޮޑު އަދަދެއްގެ އާމްދަނީ ހޯދާ ތިން ތަރިންކަމެވެ. އެގޮތުން އެންމެ ހަގު ސުހާނާ އަކީ މިހާރުވެސް އެމެރިކާގެ މޭކަޕް ބްރޭންޑް، މެބެލިންގެ ބްރޭންޑް އެމްބެސެޑަރެކެވެ. ސްޕަސްޓާރު ޝާހުރުކް ހާން ގެ ދަރިފުޅު ބޮލީވުޑްއަށް ތައާރަފުވާނީ މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ "ދި އާޗީސް" އިންނެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

ސުހާނާ އާއި އެކުގައި ކަރީނާ މަސައްކަތް ކުރާއިރުގައި އޭނާގެ ބައްޕަ ވަނީ ކަރީނާ އާއި އެކުގައި ބައެއް ފިލްމްތަށް ކުޅެފައިއެވެ.  އޭގެ ތެރޭގައި "ރާ.ވަން" އަދި "އަސޯކާ" ހިމެނެ އެވެ. މީގެ އިތުރުން ކަރީނާ ވަނީ ކިއާރާއާއި އެކުގައިވެސް ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ. އެއީ 2019 ގެ "ގުޑް ނިއުސް" އެވެ.

"ޓީރާ" ބިއުޓީ އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޓަސްޓްރީން ހިއްސާވާ ބްރޭންޑެކެވެ. އަދި މި ލޯންޗްކުރީ މި އަހަރުގެ އެޕްރީލްގަ އެވެ. މި ބްރޭންޑްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އިޝާ އަންބާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.