"ދޯނޯ" ގެ ޓަރެއިލާ ދައްކައިލައިފި

"ދޯނޯ" ގެ ޓަރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2023 12:08
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ގެ ހަދު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްވާ ފިލްމް "ދޯނޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް އާއި މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން ތައާރަފުކުރާ ފިލްމެވެ. ސަނީ އާއި ޕޫނަމަކީ ކުރިން އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނަށްވާތީ، އެ މީހުންގެ ދަރިންތަކެއްގެ ކެމިސްޓްރީ ފިލްމަކުން ބަލާލުން ވާނީ ފޭނުންނަށް ހާއްސަ ކަމަކަށެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ރާޖްވީރު ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާގެ ބޭބެ އަދި ސަނީ ގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވަނީ "ޕަލްޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމް އަކުން 2019 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވެފައިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. މި ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.