"ޗަންދުރަމުކީ 2″ ގެ ޓްރެއިލާ ދައްކައިލައިފި

"ޗަންދުރަމުކީ 2″ ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
06 ސެޕްޓެމްބަރ 2023 10:39
0

ބަތަލާ ކަންގަނާ ރަނާވަތް ފެނިގެންދާ ފިލްމް "ޗަންދުރަމުކީ 2″ ގެ ޓްރެއިލާ ދައްކައިލައިފިއެވެ. ސައުތުގެ ތަރިންތަކަކާއި އެކުގައި ކަންގަނާ ފެނިގެންދާ މި ފިލްމް އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.

"ޗަންދުރަމުކީ" ގެ ނަމުގައި ސައުތުގެ ފިލްމް އެއް ވަނީ ގެނެސްދީފައިއެވެ. ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދި މި ފިލްމް ގައި ފެނިގެން ދިއައީ ރަޖްނިކާންތާ އާއި ނަޔަންތަރާގެ އިތުރުން ޖޯތިކާ އާއި ނައްސަރު އަދި ޕްރަބޫގެ އިތުރުން ވަޑިވެލޫއެވެ.

މި ފިލްމަކީ ރަޖްނީކާންތުގެ 2005 ގެ ކާމިޔާބު ފިލްމު "ޗަންދުރަމުކީ" ގެ ސީކްއެލް އެވެ. އެ ފިލްމު ވެސް ޑައިރެކްޓަރު ޕީ ވަސޫ ޑައިރެކްޓްކޮށްފައިވާ "ޗަންދުރަމުކީ 2″ ގެ ބަތަލަކީ އަކްޝޭ ކުމާރުގެ 2020 ހޮރޯ-ކޮމެޑީ "ލަކްޝްމީ" ގެ ޑައިރެކްޓަރު އަދި މަޝްހޫރު ތަމަޅަ އެކްޓަރު ރަގަވާ ލޯރެންސެވެ.

މި ފިލްމް ގައި ކަންގަނާ ފެނިގެންދާނީ ޖިންނި އަވަލައިފައިވާ މީހެއްގެ ރޯލުންނެވެ. ސިނަމާތަކަށް "ޗަންދުރަމުކީ 2″ އަންނާނީ މި މަހުގެ 15 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.