ގިނަ ބަޔަކު ގަބޫލުކުރަނީ އިންތިޚާބުގެ ދެވަނަބުރު ޑރ. މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށް

މުއިއްޒުގެ ވަރުގަދަ ރައްދެއް ސަރުކާރަށް: ކަޑަޖަހާ، ނަންބޯޑު ބަދަލުކުރުމަކުން އެއީ ތަރައްޤީކަމަކަށް ނުވާނެ!

މުއިއްޒުގެ ވަރުގަދަ ރައްދެއް ސަރުކާރަށް: ކަޑަޖަހާ، ނަންބޯޑު ބަދަލުކުރުމަކުން އެއީ ތަރައްޤީކަމަކަށް ނުވާނެ!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ހޯދުމަށް މިސަރުކާރުން ރަށްރަށް އަރައި ކަޑަޖަހައި، ނަންބޯޑުތައް ބަދަލު ކުރުމަކުން އެއީ ތަރައްޤީކަމަށް މިހާރު ދިވެހި ރައްޔިތުން ނުދެކޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި އަތޮޅުތެރޭގެ ރަށްތަކަށް ޑރ.މުއިއްޒު ކުރެއްވި ދަތުރުފުޅުތައް ނިންމާލެއްވުމަށް މިރޭ ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއްގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ވޯޓު ހޯދަން ދިއުމުން ރައްޔިތުން މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަން ޔަގީންވުމުން އިންތިޚާބަށް ދެހަފްތާއަށް ވުމުން، ހައިމާކެއް ގެންގޮސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާކަމަށެވެ.

ނަމަވެސް މިއީ މިހާރު ތައްޔިތުން ގަބޫލު ކުރާނެ ހަގީގަތެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މިފަދަ ކަންކަމުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ހަދާނެކަމުގެ ޔަގީންކަން ތިނަދޫ ރައްޔިތުންނަށް ދެއްވައި ޤާނޫނީ އިމުގެ ތެރެއިން އެކަން ކުރެވެން އޮތް ގޮތަކަށް ކުރާނެކަމުގެ ޔަގީންކަން ދެއްވިތާ ދެ ދުވަސް ނުވަނީ ރައީސް ޞާލިހު ތިނަދޫއަށް ވަޑައިގެން އެތަން ސިޓީއަކަސް ބަދަލު ކޮށްލައިފިކަމަށެވެ. ތިނަދޫ ރައްޔިތުންނަށް މަރުޚަބާ ދަންނަވާ މުއިއްޒު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވިއިރު ތިނަދޫގެ ސިއްޚީ ހާލަތާއި، އާންމު ޒަރޫރީ ކަންކަން ހުރީ ކޮން ހާލެއްގައި ކަމެއް މިސަރުކާރަށް ނޭގޭކަމަށެވެ. މިސަރުކާރުން ކުރި ކަމަކީ އެއްވެސް ކަމެއް ބަދަލުނުކޮށް ނަންބޯޑުތައް ބަދަލު ކޮށްލުންކަމަށެވެ.

ހަމަ މިއާއިއެކު މާލޭ ރައްޔިތުންނަށް ގޯތި ދޭނެކަމަށް ބުނެ ވެފައިވާ ވައުދު ފުއްދީމޭ ބުނަން ވެގެން ފަޅުންނާއި ކަނޑުވެސް ގޯތިދީގެން ކަޑަޖަހަމުންދާ ކަމަށެވެ. މިއީވެސް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިި ސީދާ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރައްވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މާލެ ސަރަހައްދާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަން ކަށަަރު ކޮށްދޭނެ ތަސައްވަރު ހުށަހަޅާފައި ވާނެކަމަށެވެ. އެކަން ކުރާނީ ކަޑަ ޖަހާ ރޯނު ދަމާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ނޫންކަމަށެވެ.

މުއިއޒު ވަނީ މިސަރުކާރުން ވޯޓަށް ދައްކާ މިފަދަ އެއްވެސް ދަޅައަކަށް ނުހެއްލި ޤައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ރައްކަތެރި ކުރުމަށްޓަކައި މިސަރުކަރަށް ނޫނެކޭ ބުނުމަށް ގޮވާލާފައެވެ. އަދި ހޮނިހިރު ދުވަހު ލާ ވޯޓަކީ މިނިވަންކަން އިސްކޮށް ދިވެހި ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ދެވޭ ވޯޓަކަށް ހެދުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *