ކޮންޓެއިނަރ ޕާރކްގެ ކޯ ވޮރކިންގ ސްޕޭސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ކޮންޓެއިނަރ ޕާރކް އަކީ އިކޮނޮމިކް މިނިސްޓްރީއާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އަރބަންކޯއިން ބުނީ ކޮންޓެއިނަރ ޕާކް އަކީ، ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށެވެ. އެގޮތުން މި ކޮންޓެއިނަރ ޕާކަކީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށްވެސް ބުނެފައިވެއެވެ.
މިއާއެކު މިއަދު ކޯ ވޮރކިންގް ސްޕޭސް ހުޅުވިގެންދާއިރު، ވަރަށް އަވަސް މުސްތަގްބަލެއްގައި މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހެދި، މި ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެއެވެ.
މީގެ އިތުރުން މި ކޯ ވޮރކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށްވެސް އާރބަންކޯއިން ވިދާޅުވިއެވެ. މި ކޯ ވޮރކިންގ ސްޕޭސް ދެވިގެންދާނީ ފުރަތަމަ މަހު ހިލޭއެވެ. މި ސްޕޭސް އަށް އޮންލައިން ޕޯރޓަލްއެއް މެދުވެރިކޮށް ބުކްކޮށްލެވޭނެ ގޮތްވެސް ހަމަޖެހިގެންދާނެއެވެ.

ކޯ ވޮރކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9އަކުން އިރުއޮއްސި 6އެއްގެ ނުޔަލަށް ހުޅުވިފައިވާނެއެވެ. މި ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުންމެވެ. އަދި މީގެއިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމެވެ. މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ