ނުޙައްގުން އެއްވެސް ފައިދާއެއް ހޯދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެދިވަޑައިގެންފައި ނުވާނެކަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ކުޅުދުއްފުށީ ސިޓީގައ އޮތް ރައީސް ޞަލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައީސް ޞާލިޙާއި ކޯލިޝަން ހެދުމުގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވުން ނޫން އިތުރު އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އަރިހުގައި އެއްވެސް ފަޅެއް، ރަށެއް އަދި އެނޫންވެސް މަންފާއެއް ހޯދުމަށް އެދިވަޑައިގެންފައި ނުވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
އަޅުގަނޑެއް ނާހާނަން އަޅުގަނޑު ރިސޯޓެއް ހަދާކަށެއް ރައީސުލްޖުމްހޫރިއްޔާ ކައިރި ރަށެއް ދޭކަށް. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރި އަޅުގަނޑަށް ލެގޫނެއް ދޭކަށް. އަޅުގަނޑެއް ނާހަނަން ރައީސުލްޖުމްހޫރިއްޔާ ކައިރިއަކު އަޅުގަނޑަށް ނުހައްގުން މިވެނިކަމެއް ކޮށްދޭށެކޭ.
– ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ޤައުމުގެ ހާލަތު ރަނގަޅުކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޞާލިޙްކަމަށެވެ. ސިޔާމް ވިދާޅުވީ ބޮޑުތިލަދުންމަތީގައި ރައީސް ޞާލިޙް ގިނަ މަޝްރޫޢުތަކެއް ހިންގަވާކަމަށެވެ. ޚާއްޞަކޮށް ފަތުރުވެރިކަން ފުޅާކުރެއްވުމަށް ހަނިމާދޫ އިންޓަަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި މާފަރު އެއަރޕޯޓް ތަރައްޤީކުރެއްވުން ފާހަގަކުރެއްވިއެވެ. ސިޔާމް ވިދާޅުވީ ރައީސް ޞާލިޙް ފިޔަވާ އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފިނަމަ އެ މަޝްރޫޢުތައް ކުރިއަށް ނުދާނެކަމަށެވެ. ސިޔާމް ވިދާޅުވީ އެހެން ބޭފުޅަކު ތިމަލުންމައްޗަށް އިންވެސްޓްނުކޮށްފިނަމަ އެމަނިކުފާނު އަމިއްލަފުޅަށްވެސް އެކަން ކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ