މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ބޮޑު ތާއީދެއް މުއިއްޒަަށް، އަލަށް 50 ޒުވާނަކު ޕީޕީއެމްއަށް!

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ބޮޑު ތާއީދެއް މުއިއްޒަަށް، އަލަށް 50 ޒުވާނަކު ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2023 08:41
0

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދު އޮތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ކަމުގައި ހާމަކޮށްފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ރަނިން މޭޓް އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މެލޭޝިއާއަށް ކުރި ދަތުރުގައި ވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް ރިޔާސީ އިންތިޚާބުގައި ޑރ.މުއިއްޒުއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި މި ރަސްމިއްޔާތުގައި އެމީހުންގެ ޝުއޫރުތައް ވަނީ ސެމްބެއާއި ހިއްސާ ކޮށްފައެވެ.

މިބައްދަލުމުގައި 50 އަށްވުރެ ގިނަ ޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއިކޮށް ޑރ.މުއިއްޒުއަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ރޭ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވަނީ ލަންކާއަށް ވަޑައިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލުކޮށްފައެވެ. ލަންކާގެވެސް ގިނަ އަދަދެއްގެ ދިވެހިންގެ ތާއީދު އޮތީ ޑރ.މުއިއްޒުއަށްކަން ހާމަކޮށް ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.