ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ އާއި ދީނީ ޢިލްމުވެރިޔާ ޑރ.މޫސާ އަންވަރު ޙަސަން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ސާމިޔާ ކުރެއްވި އެފްބީ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ނިންމުމަކީ އަމިއްލަފުޅު ނިންމުމެއްކަމަށާއި މާތް ރަސްކަލާންގެ އިރާދަފުޅާއެކު ބަދަލަކަށް ޑރ މުހައްމަދު މުއިއްޒު ހޮވުމަށެވެ. މީގެ އިތުރުން ސާމިޔާ ވިދާޅުވީ، ޑރ. މުޢިއްޒަކީ މިވަގުތު ދިވެހިރާއްޖެ އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންގޮސްދިނުމުގެ ޢިލްމާއި،ތަޖުރިބާ އާއި ޤާބިލިއްޔަތު ކަން ހުރި ކެންޑިޑޭޓު ކަމުގައިގަބޫލު ކުރައްވާކަމަށާއި، ޑރ.މުޢިއްޒުގެ އެންމެ ފާހަގަކޮށްލެވޭ ޞިފައަކީ، އިދިކޮޅު ކެންޑިޑޭޓުންނަށް ކުޑައިމީސް ބަސްފުޅެއް ވިދާޅުނުވެ، އެމަނިކުފާނުގެ ވިޝަން އާއި މިޝަން އަދި ކަންކަން ރާއްވަވާ ހިންގަވާނެ ގޮތް ރައްޔިތުންނާއި ޙިއްސާކުރެއްވުން ކަމުގައި ސާމިޔާގެ ޕޯސްޓްގައި ބުނެފައިވެއެވެ.
އަޅުގަނޑަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޙައްޤުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި، މިމަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް – ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޢިއްޒު އާއި ސެންބެ އަށް ތާއީދުކުރުމަށް އަޅުގަނޑު ނިންމައި ފީމެވެ.
– ސާމިޔާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުންވެސް ޑރ މުއިއްޒަކީ، ނަމޫނާ ދައްކަވާ، އިސްލާމްދީނަށް ލޯބިކުރައްވާ، ޢަމަލުކުރައްވާ ބޭފުޅެކެވެ. ގައުމަށް އިޚްލާސްތެރި، ވަފާތެެރި، ވަޠަނީ ރޫޙެއްގައި މަސައްކަތް ކުރައްވާ، ގައުމީ ދަރިއެއްްގެ ގޮތުގައި ސާމިޔާ ވަނީ ސިފަކުރައްވާފައެވެ.
ސާމިޔާގެ އިތުރުން ޑރ.މުއިއްޒަށް ތާއީދު ކުރެއްވި މޫސާ އަންވަރު ވިދާޅުވީ މުއިއްޒުއަކީ ދީނާއި ގައުމުގެ މިނިވަންކަން ނަގަހައްޓާނެ ތެދުވެރި އަމާނަތްތެރިޔަކަށް ވުމުގެ ތައުފީގް މިންވަރު ކުރުމަށް އެދި ދުޢާކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް 7 ދުވަހަށް ވެފައިވާއިރު ގިނަ އަދަދެއްގެ އިލްމުވެރިން އަންނަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.
One Response
އަލްހަމްދުލިﷲ.