"ޓައިގާ" ފްރެންޗައިޒްގެ ތިނަވަނަ ފިލްމް "ޓައިގާ 3″ ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.
ކުރިން ފިލްމް ނެރެން އޮތީ އަންނަ އަހަރުގެ އޭޕްރީލްގައި ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ފިލްމު އަޅުވާށެވެ. އެގޮތުން ފިލްމް އަޅުވަން މިހާތު ތާވަލް ކޯށްފައިވަނީ ނޮވެމްބަރު މަހުގެ 10 ގައިއެވެ.
އެންމެ އުންމިދީ އެއް ފިލްމްގެ ގޮތުގައި ބެލެވޭ މި ފިލްމް ނެރޭ ދުވަސް ފަސްކުރި އިރުގައި ކޮންމެ އަހަރެއްގެ އީދުގައިވެސް ސަލްމާންގެ އާ ފިލްމް އެއް ރިލިޒް ކުރއެވެ. ނަމަވެސް މިދިއަ އަހަރު އޭނާގެ އާ ފިލްމްއެއް އީދުގައިއެއް ސިނަމާއަކަށް ނާދެއެވެ.
މި ފިލްމަކީ ވެސް ޔަޝް ރާޖު ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ. މީގެ ދެދުވަސްކުރިން އާންމުކުރި ޕޯސްޓަރުން ވެސް އެކަން އެނގެ އެވެ.
ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން "ޓައިގާ 3″އިން އިމްރާން ހާޝިމީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.
"ޓައިގާ 3″ އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައިއެވެ.