ޓެކްސް ފައިސާއިން ދައުލަތުގެ ރިކަރެންޓް ޚަރަދުތައް ބަލަހައްޓާ، ތަކެތީގެ އަގު ތިރިކުރާނަން: ޑރ.މުއިއްޒު

ޓެކްސް ފައިސާއިން ދައުލަތުގެ ރިކަރެންޓް ޚަރަދުތައް ބަލަހައްޓާ، ތަކެތީގެ އަގު ތިރިކުރާނަން: ޑރ.މުއިއްޒު

ޓެކްސް ފައިސާއިން ސަރުކާރުގެ ރިކަރެންޓް ހަރަދުތައް ބަލަހައްޓައި ތަކެތީގެ އަގު ތިރި ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި މިރޭ ކުރެވުނު އިޤްތިޞާދީ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އިގްތިސާދު ހަމައަކަށް އެޅުވޭނީ އަދި އިންފްލޭޝަންގެ މައްސަލަ ހައްލުކުރެވޭނީ ދެމެހެއްޓެނިވި އިގްތިސާދެއް ގާއިމުކުރުމެގެ މައިގަނޑު އަސާސްތައް ވަރުގަދަކޮށްގެން ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ. އިންފްލޭޝަން ދަށް ކުރެވުމުން ތަކެތީގެ އަގު މައްޗަށް ދިޔުން ހުއްޓުވޭނެ ކަމަށާއި އެއީ ހައްލުކުރަން އުދަގޫ މައްސަލަ އަކަށްވިޔަސް އިސްކަންދޭންޖެހޭ މައްސަލައެއް ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

އެއްކަމަކީ، ރިކަރެންޓް ހަރަދަށް މިހާރު އެމްއެމްއޭ ފައިސާ ނަގާ ނެގުން ހުއްޓުމަކަށް ގެނަސް ޓެކްސް ފައިސާއިން ސަރުކާރުގެ ރިކަރެންޓް ހަރަދުތައް ބަލަހައްޓާނެ.

– މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ދަރަނި ދެމެހެއްޓެނިވި ލެވެލް އަކަށް ދަށްކުރަންޖެހޭ ކަމަށެވެ. އަދި ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް ދަށްކުރަން ޖެހޭކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރުގައި އެއްވެސް އިތުރު ޓެކްސްއެއް ތައާރަފު ކުރެވިގެން ނުދާނެ ކަމަށެވެ. ނަމަވެސް ޓެކްސްގެ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަވާނެ ކަމުގައި ވިދާޅުވިއެެވެ.

ރާއްޖެއަށް ދިމާވެފައިވާ ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަ ހަމައަކަށް އެޅުވުމަށްޓަކައި ދައުލަތުގެ މައިގަނޑު އިގްތިސާދީ ހަރަދުތައް ދަށްކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިވަގުތު ހަރަދުތައް ހުރީ ރައްޔިތުންނަށް ބޮޑު ބުރައަކަށްވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑުވެފައި އޮތް އިންފްލޭޝަންގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ އިންފްލޭޝަން ދަށްކުރުމަށްޓަކައި ސަރުކާރުގެ ބޭނުންތަކަށްް އިތުރަށް ޗާޕުކުރާ ފައިސާ ޗާޕުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަން ހުއްޓުވާނެ ކަމުގައިވެސް ވިދާޅުވިއެވެެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *