ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ރާނީ މުކަރުޖީ ގެ ފިލްމް "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައި ވެސް ހަދާނެ ކަމަށް އޭނާ ބުނެފިއެވެ.
މި ސިލްސިލާގެ ފިލްމް ތަކަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްޗެކެވެ. އަދި ބެލުންތެރިންގެ ބޮޑު ތަރިހީބެއް ލިބޭ ފިލްމްތަކެއް ވެސް މެއެވެ.
"މަރުދާނީ" 2014 ގައި ގެނެސްދިނުމަށް ފަހު "މަރުދާނީ 2″ ރިލީޒްކުރީ 2019 ގަ އެވެ. ފުރަތަމަ ބައިގެ ޑައިރެކްޓަރަކީ މި އަހަރުގެ މާޗްގައި މަރުވި ޕްރަދީޕް ސަރުކާރެވެ. "މަރުދާނީ 2″ ލިޔެ، ޑައިރެކްޓްކުރީ ގޯތީ ޕުތުރާނެވެ.
މި ދެ ފިލްމުގައި ވެސް ރާނީ ކުޅެފައި ވަނީ ކުށްވެރިންތަކެއް ހަމަބިމަށް ތިރިކުރަން މަސައްކަތްކުރާ ވަރުގަދަ ފުލުހެއްގެ ރޯލެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ޝިވާނީ ޝިވާޖީ ރޯއި އެވެ.
މީގެ ތިން ވަނަ ބަޔާ ބެހޭ ގޮތުން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުނީ "މަރުދާނީ 3″ މިހާރު އޮތީ ސްޓޯރީބޯޑް ރޭވުމުގެ މަރުހަލާގައި ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ފަށާނީ ހިތްހަމަޖެހޭ ފެންވަރަށް ސްކްރިޕްޓް ނިމުމުން ކަމަށް ބުންޏެވެ.