ބައިނަލަ އަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް ރޭ ޖަރުމަނު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ޖަރުމަނާ ތުރުކީ ވާދަކުރި އެކުވެރިކަމުގެ މެޗު ނިމުނީ 3-3 ލަނޑުން އެއްވަރުވެގެންނެވެ. މުޅިއެކު 6 ގޯލް ފެނިގެންދިޔަ މެޗުގެ ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖޫލިއަން ޑްރެކްސެލާ، ފްލޯރަން ނެހައުސް އަދި ލުކާ ވަލްޑަސްމިޗްއެވެ. ތުރުކީއިން މެޗުގެ ލަނޑުތައް ކާމިޔާބުކުރީ އޮޒާން ތުފަން، ފިކޭން ކަރާކާއި އަދި ކެނަން ކަރަމަންއެވެ. ކަރަމަން ތުރިކީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ފަހު މިނުޓުގައި ޖަރުމަނުގެ ގޯލަށް ބޯޅަ ވައްދައިލައިގެންނެވެ.
ޖަރުމަނު ވަނީ ރޭގެ މެޗުގައި ތިންފަހަރު މަތިން ލީޑުވެސް ނަގާފައެވެ. އަރާމުކުރުމަށް ޖަރުމަނުގެ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯއާ އާއި ސާޖް ގެންބްރީއަށް ޖަރުމަނު ޓީމުން ރޭގައި ކޯޗު ޖޮކެމެން ލޯ ފުރުސަތު ދީފައެއްނުވެއެވެ. ޖަރުމަނު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ގިނައިރު ބޯޅަހިފައްޓައިގެން މޮޅަށް އެޓީމުން ވަނީ ކުޅެފައެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ގޯލް ބަލަހައްޓައިފައި ވާނީ އާސެނަލްގެ ކީޕަރު ބާންޑް ލެނޯއެވެ. މިއީ ފުރަތަމަ އެގާރާއިގައި ހިމެނިގެން ލެނޯ ޖަރުމަނަށް ކުޅުނު އަށްވަނަ މެޗެވެ. ޖަރުމަނުގައި ކޮރޯނާ ވައިރެސް ފެތެރުމުންދާތީވެ ކުރިން 9200 ކުޅިބެލުންތެރިން ދަނޑަށް ވަންނަން އޮތް ނަމަވެސް ފަހުން އެ އަދަދު 300 ބަދަލުކޮށް އެއަދަދަށް ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ.
2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޖަރުމަނުން އަންނަ އާދީއްތަ ދުވަހު ނޭޝަންސް ލީގުގައި ޔޫކްރެއިނާ ދެކޮޅަށް ނުކުންނައިރު އަންގާރަ ދުވަހު ނުކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ.