އިންޑިއާގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް މަޝްހޫރު ރީތި ބަތަލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާ ފުށީގައިއެވެ. ތަމަންނާ ވަނީ ރާއްޖޭގައި ނަގައިފައިވާ ފޮޓޯ ތަކެއް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
ސޮނޭވާ ގެ ތީރި އެކި ތަންތަނުގައި ނަގައިފައިވާ ފޮޓޯ ތަށް އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފައިވާ އިރުގައި އޭނާ ފެނިގެން ގޮސްފައިވަނީ ވަރަށް އުފަލުން ހުއްޓައިކަން ފޮޓޯ ތަކުން އެނގެއެވެ.
ތަމަންނާ ރާއްޖެ އައީ އޭނާގެ ލޯބިވެރިއާ ވިޖޭ ވަރުމާއި އެކުގައި ކަމަށް ހަބަރުތަށް ބުނެއެވެ. ނަމަވެސް ފޮޓޯ ތަކުން ވިޖޭ އެއްވެސް ވަރަކަށް ފެނިގެން ގޮސްފައި އެއް ނުވެއެވެ. ނަމަވެއް ދެމީހުން އެއްދުވަހެއްގެ އެއް ގަޑިއެއްގައި އެއާޕޯޓް އިން ވަނީ ފެނިފައިއެވެ.
ވިޖޭ އާއި ތަމަންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާއިން ބުނި ނަމަވެސް އެމީހުން މި ގުޅުން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. ނަމަވެސް މީގެ ކުރިންވެސް އެކި އިވެންޓް ތަކުން ވެސް ވަނީ ދެމީހުން އެކުގައި ފެނިގެން ގޮސްފައިއެވެ.