އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންރެރިޔާ ރުސްކިންގެ ހަޔާތް ފިލްމަކަށް

އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންރެރިޔާ ރުސްކިންގެ ހަޔާތް ފިލްމަކަށް

Author
ފާތިމަތު ނާވީ
02 ސެޕްޓެމްބަރ 2023 03:28
0

އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންރެރިޔާ ރުސްކިން ބޮންޑްގެ ހަޔާތުގެ މައްޗަށް ފިލްމް އެއް އުފައްދަން ނިންމައިފިއެވެ.

ރުސްކިންގެ ބައޯޕިކް ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސްކްރީންރައިޓަރު/ޅެންވެރިޔާ ނިރަންޖަން އަޔަންގަރު އެވެ.  އޭނަ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގެ ޑައިލޮލްގްތައް ލިޔެފައިވާ މީހެކެވެ.

އޭނާ ފިލްމް ޑައިރެކްޝަނަށް ނުކުންނަން ނިންމުމާއި އެކުގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ އޭނަ އަށް މަރުހަބާ ކިޔައި، އާ ދަތުރަށް ކާމިޔާބީ އަށް އެދިފައިވެއެވެ. އޭގެ ތެރޭގައި ނުފޫޒު ގަދަ ޑައިރެކްޓަރު ޑައިރެކްޓަރު ކަރަން ޖޯހަރްއެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

 

ރުސްކިން ގެ ވާހަކަތަކަށް އުފެއްދި ފިލްމް ތަކުގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ ކުޅުނު 2011 ގެ "ސާތު ހޫ މާފު" އާއި ޝަޝީ ކަޕޫރްގެ 1978 ގެ "ޖުނޫން" ހިމެނެ އެވެ. ރުސްކިން، 89، ގެ ބައޯޕިކްގައި އޭނަގެ ރޯލު ކުޅެން ނަގާފައި ވަަނީ އެކްޓަރު ވިކްރާންތު މަސީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.