މިއަދު ވޯޓު ނެގިއަސް އެއްބުރުން ކާމިޔާބުކުރާނަން: ރައީސް

މިއަދު ވޯޓު ނެގިއަސް އެއްބުރުން ކާމިޔާބުކުރާނަން: ރައީސް

Author
އައިޝަތު އަޙްމަދު
31 އޮގަސްޓް 2023 01:58
0

ރިޔާސީ އިންތިޚާބުގެ ވޯޓު މިއަދު ނެގިނަމަވެސް އެއްބުރުން ކާމިޔާބުކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ޅ.އޮޅުވެލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ވަރަށް ގިނަ ރަށްރަށާއި އަތޮޅުތަކަށް ވަޑައިގެންނެވިއްޖެކަމަށެވެ. ކޮންމެ ރަށަކުންވެސް ފެނިވަޑައިގަންނަވަނީ އުފާވެރި އަމާން ރާއްޖެއަކަށް ރައްޔިތުން ބޭނުންވެފައިވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ވޯޓެއް ނެގިއަސް އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށެވެ. އަދި ސެޕްޓެމްބަރު 9ގައި ނަގާ ވޯޓު އެއަށްވުރެ މާ ފުރިހަމައަށް އެއްބުރުން ކާމިޔާބުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފެންނަނީ މިއަދު ވޯޓު ނެގިއަސް އެއްބުރުން ކާމިޔާބުކުރާތާނަން. އަދި މާދަމާ ވޯޓު ނަގައިފިއްޔާ އެއަށްވުރެ ކާމިޔާބުވާނެ. 9 ސެޕްތެމްބަރުގައި އަދި މާ މާ މާބޮޑުތަނުން ކާމިޔާބުކުރާނަން.

– އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވަނި އޮޅުވެލިފުށީގެ ތަރައްޤީއަށްވެސް ގިނަ ކަންތައްތަކެއް އިއުލާންކުރައްވާފައެވެ. އެކަންކަމަކީ:

– ބިން ހިއްކާ ހައުސިންގ ޔުނިޓް އެޅުން
– ފެނާ ނަރުދަމާ ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް
– ބޮޑެތި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުން
– ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުން
– އޭޓީއެމްގެ ޚިދުމަތް
– އައު ކައުންސިލް އިދާރާއެއް އެޅުން
– އައު މިސްކިތެއް ބިނާކުރުން

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ވަގުވޯޓުންތަ