ރާކީ އެއް ނޫން ފާތިމާ: ރާކީ

ރާކީ އެއް ނޫން ފާތިމާ: ރާކީ

Author
ފާތިމަތު ނާވީ
04 ސެޕްޓެމްބަރ 2023 10:17
0

އުމްރާގެ އަޅުކަމަށް ފަހު ބޮލީވުޑްގެ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ނެށުންތެރިއާ ރާކީ ތާވަންތް އެނބުރި ވަނީ ގައުމަށް ގޮސްފައިއެވެ.

އެއާއި އެކުގައި އެއާޕޯޓް ތެރެއިން ޕަޕަރާޒީން ވަނީ އޭނާ އާއި ދީމަކޮށް ފޮޓޯ އާއި ވީޑިއޯ ނަގައިފައިއެވެ. މި ވީޑިއޯ ގައި ރާކީ ފެނިގެން ދަނީ ހުދުކުލައިގެ ދިގު އަބަޔާއެއްގައި ބޯވެސް ނިވާކޮށް ނުވަތަ ބުރުގާ އެއް އަޅައިގެން ހުއްޓައިއެވެ.

އަދި އެއާޕޯޓް އިން ނުކުންނަނިކޮން އޭނާ އަށް މަރުހަބާ ކިއުމަށް މާފަތި އަޅުވަން އުޅުމުން ވެސް އޭނާ ވަނީ އެކަން ހުއްޓުވައިފައިއެވެ. މިއާއި އެކުގައި އެންމެ ހައިރާން ކުރުވަނިވި ކަމަކީ އޭނާގެ ނަމުން ގޮވުމުން އެކަން އޭނާ މަނާކުރުމެވެ.

ޕަޕަރާޒީން ވަނީ ފޮޓޯ އަކަށް ހުއްޓުމަށް އެދި ރާކީ އަށް ގޮވައިފައިއެވެ. އެއާއި އެކުގައި ރާކީ ވަނީ އެއީ ރާކީ ނޫން ކަމަށާއި ފާތިމާ ކަމަށް ބުނެފައިއެވެ. ރާކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔައީ އޭނަގެ ބޭބެއާ އެކީގަ އެވެ. އަދި މި ދަތުރުގެ ވަރަސް ގިނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ﷲއީ މީސްތަކުނަ ތެއްދުމަގަ ދަށްކަވާ އޯގާވަންތަ ރަސްކަލާގެއެވެ ފާތުމަތު ރާކީ އަށް ސުވަރުގެމިންވަރު ކުރަށް ވާށިއެވެ އާމީން ޔާރަބަލްއާލަމީން
ޢާމީން