ޤާސިމް ވިދާޅުވީ ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރުހުންކަމަށް

ޤާސިމް ވިދާޅުވީ ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރުހުންކަމަށް

ގުޅުންހުރި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ރުހޭކަމަށް އިންޑިއާއިން ޤަބޫލުކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ޅ.ނައިފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިފަރުން ޤާސިމަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެރަށުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އިންޑިއާ ސިފައިންނަށް ޜާއްޖޭގެ ޤާނޫނޫ އަސާސީ ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫންގޮތަކަށް ބޭރު ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެކަން އިންޑިއާ ސިފައިންނަށް އެނގޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅުން މުޒާހަރާ ކުރިއަށް ގެންދިޔަނަމަވެސް، ޤާސިމް އޭރު ވަނީ އެކަން ދޮގުކުރައްވާފައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނަމަ އެމަނިކުފާނަށްވެސް އެނގޭނެކަމަށް ޤާސިމް ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް ރިޔާސީ ކެމްޕެއިންގައި ޤާސިމް ގެންދަވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިކަމަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ ރާއްޖެ ސެކަންޑް ނުވަތަ ތާރޑް ކެޓަރަގީއަށް ވައްޓާލާފައި އިންޑިއާ މީހުން ޜާއްޖޭގަިއ ތިބެ ރައްޔިތުން ޤަބޫލުވާނެތޯ ސުވާލުކުރައްވާފައެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ފުރަތަމަ ބުރުން ނުވަތަ ދެވަނަ ބުރުންވެސް ހޮވަން ފުރުސަތު ދެއްވައިފިނަމަ ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އޭރުން އިންޑިއާ ސަރުކާރަށް ވަރަށް ސާފުކޮށް ބުނަން އޮންނާނެ ދިވެހި ރައްޔިތުން ވޯޓްލީ އެހުރިހާ ކަންތައްތަކެއް ހުއްޓާ އިންޑިއާގެ ސިފައިން މިތާނުގައި ތިއްބަސް ހެޔޮ ކަމަށް ނޫންހޭ.

– ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދަޅުވީ ރާއްޖެއަށް މިހާތަނަށް ތަރައްޤީއައީ މިނިވަންކަން އޮވެގެންކަމަށެވެ. ނަމަވެސް މިއަދު އެކަން ގެއްލެމުން އަންނަތަން ފެނިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ރާއްޖޭޣައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަނުކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. ޤާސިމް މިހެން ވިދާޅުވިނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ތިބޭކަން ސަރުކާރުން ދޮގުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހާރުގާސިމުގެވާހަކަ.ތިދަނީރަގަޅަޒް.ބަރާބަރަށް.ފަހުން.އަނެއްކާ.ބަދަލުނުވައްޗޭ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ